ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ކާބޯތަކެތީގެ ވިޔަފާރި ހިންގުމަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން ކާބޯތަކެތީގެ ވިޔަފާރި ހިންގުމަށް ބިން ކުއްޔަށްދިނުން

 

                     ގދ.ގައްދޫ ހުޅަނގު އުތުރުފަރާތު ވަތަބަނޑޭރިމަގު ބޭރު އަބްދުއްރަހްމާން ހިލްމީ މަގުގެ ދެކުނުނަށް އޮތް ހުސްބިމުން 1000 (އެންހާސް) އަކަފޫޓްގެ ބިންތަރައްޤީކޮށް ބޭނުންކުރާ ފަރާތްތަކަށް މަންފާ ކުރާނެ ގޮތަކަށް 20 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ކުރެވުނު އިޢުލާނާއި ގުޅިގެން މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުސަތު ދޭން މިކައުންސިލުން ބޭނުންވެއެވެ.

ވީމާ، މިބިމުގައި ކާބޯތަކެތީގެ ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 28 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 12:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

      11 ސެޕްޓެމްބަރ 2022

11 ސެޕްޓެންބަރު 2022
ހޯދާ