އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ ނަރުހުން ތަމްރީނުކުރުމަށް އެނެސްތީސިއާ ނަރުހެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

އިޢުލާން ނަމްބަރ:   137-IU/PR/2022/32

ޕްރޮޖެކްޓް ނަމްބަރ:   137-PR/2022/W-07

ޕްރޮޖެކްޓްގެ ނަން:  ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ ނަރުހުން ތަމްރީނުކުރުމަށް އެނެސްތީސިއާ ނަރުހެއް ހޯދުން

މި ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގެ ނަރުހުން ތަމްރީނުކުރުމަށް 1 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި މިހޮސްޕިޓަލުން ހުށަހަޅާ "ޓީއޯއާރު" އާއި އެއްގޮތައް މަސައްކަތްކޮށްދިނުމަށް އެކްސްޕީރިއަންސް އެނެސްތީސިއާ ނަރުހަކު ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

  1. ޚިދުމަތްދޭފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ފަރާތެއް ކަމުގައިވުން. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވުން.
  2. މިބީލަމުގައި ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ނަމާއި އެޑްރެސް، އަދި  ފޯނު ނަމްބަރ އެނގޭނެހެން  11 ސެޕްޓެމްބަރު 2022ން ފެށިގެން 18 ސެޕްޓެމްބަރު 2022 ގެ ނިޔަލަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.
  3. މިމަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders  އިން 13 ސެޕްޓެމްބަރު 2022 ގެ 14:00 ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.
  4. މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ 0:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސްތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 19 ސެޕްޓެމްބަރު 2022 ވާ  ހޯމަ ދުވަހު 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
  6. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

 ކޮޕީ: [email protected]

 

 

                                 15 ޞަފަރު 1444

                                 11 ސެޕްޓެމްބަރު 2022

11 ސެޕްޓެންބަރު 2022
ހޯދާ