ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
VRV/VRF އެއަރކޮންޑިޝަންސިސްޓަމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

ފެކަލްޓީ އޮފް ހެލްތް ސައިންސަސް ގައި ޤާއިމުކުރެވިފައިވާ VRV /VRF އެއަރކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ އަމިއްލަ ތަކެތީގައި މަރާމާތުކޮށް ހައްލުކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 އޮކްޓޫބަރު 2014 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް މިފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ނޮވެންބަރު 2014 ވާ (އަންގާރަ) ދުވަހުގެ 11:30 އަށް މިފެކަލްޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ، މަޢުލޫމާތު ކަރުދާސް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން 02 ނޮވެންބަރު 2014 ވާ (އާދީއްތަ) ދުވަހުގެ 15:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

27 އޮކްޓޫބަރު 2014
ހޯދާ