ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުސަތު

މަސައްކަތު

މަޤާމު:

އެސް.އެސް 1

ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1  

ކްލެސިފިކޭޝަން:

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ/

އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

އޮފީސް/އިދާރާ:

ސެކްޝަން:

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ/މިސްކިތްތައް

ވަޒީފާ އަދާކުރަންޖެހޭ ތަން:

3100.00 ރުފިޔާ

މުސާރަ:

1000.00 ރުފިޔާ

ސަރވިސް އެލެވަންސް:

3 (ތިނެއް)

ބޭނުންވާ އަދަދު:

  1. ލިޔަންކިޔަން ދަތުމާއެކު، މަގާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން.

މަގާމުގެ ޝަރުޠުތައް:

  1. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތަށް ގޮސް، މިސްކިތުގައި ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތައް ދިއްލުމާއި، މިސްކިތް ފޮޅާ ސާފުކުރުމާއި،  ވަޅުދޮށާއި ވުޟޫކުރާ އިސްކުރުބަރިއާއި ފާޚާނާތައް ރަނގަޅަށް ސާފުކުރުން.
  2. މިސްކިތާއި، މިސްކިތުގެ ގޯތިތެރެއާއި، ވަށައިގެންވާ މަގުތައް، ކޮންމެ ދުވަހަކު ކުނިކަހައި ފޮޅާ ސާފުކުރުން.
  3. މިސްކިތުގައި ހަރުކޮށްފައިވާ ފަންކާތަކާއި ދިއްލުންތައް ހަފުތާއަކު 1 ފަހަރު ފޮޅާ ސާފުކުރުމާއި، މިސްކިތުގައި ހަރުކޮށްފައިވާ ބޮކި ހޮޅިބުރިފަދަ ތަކެތި އަނދައިފިނަމަ، އާ ބޮތްކެއް ނުވަތަ ހޮޅިބުރިއެއް ހަރުކުރުން.
  4. ކޮންމެ ދުވަހަކުވެސް އިރު އޮއްސުމުގެ ކުރިން މިސްކިތުގައި ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތައް ދިއްލުމާއި، އިރުއެރުމަށްފަހު ކޮންމެހެން ނިންވަންޖެހޭ ނިންވުންތައް ނިންވުން.
  5. މިސްކިތުގައްޔާއި މަގުފާރުގައި އުނގުޅިފައި ހުންނަ ހަޑިތަކެތި ފެންޖަހައި ދުވަހުން ދުވަހަށް ސާފުކުރުމާއި،  މިސްކިތާއި ވުޟޫކުރާ އިސްކުރުބަރީގައި ހޯނުފަދަ ދިރޭ ތަކެތި އުޅޭނަމަ އެތަކެތި އޮތްތަނަކުން ބޭރުކުރުން.
  6. މިސްކިތުގައި ބިއްލޫރިން ދޮރުތައް ހަދާފައިވާނަމަ، އެ ދޮރުތައް ގްލާސް ކްލީނަރ ލައިގެން ސާފުކުރުމާއި ފުރާޅުގެމައްޗާއި  ދިޔަދޮވި ތެރެއަށް އެއްޗެއް ވެއްޓިފައިވޭތޯ ބަލައި ފުރާޅާއި ދިޔަދޮވި ސާފުކުރުން.
  7. މިސްކިތު ގޯތިތެރޭގައި ގަސްހައްދައި، ފެންދީ، ވިނަކޮށުމާއި ވިނަ ނޮޅައި ސާފުކުރުން. ( މީގެ ތެރޭގައި މިސްކިތު ގޯތިތެރޭގައި ހުންނަ ގަބުރުސްތާނުތައް ނުހިމެނޭނެއެވެ.)
  8. ވުޟޫކުރާ އިސްކުރުބަރިއާއި ފާޚާނާގެ ތެރޭގައި ހަރުކޮށްފައިވާ އިސްކުރުން ފެން ލީކުވޭތޯބަލައި ފެންލީކުވާނަމަ، އެ އިސްކުރު ބަދަލުކުރުމާއި، މޯޓަރުން ފެން ލީކުވޭތޯ ބަލައި، އެކަމެއް ޙައްލުކުރުމަށް މަސައްކަތްކުރުން.
  9. މިސްކިތުގައި ބަހައްޓާފައިވާ ވަޅަށް ވާރޭފެން އެޅޭގޮތަށް ފެންވައިރު އަޅާފައިވާނަމަ ވާރޭވެހެން ފެށުމުން ފެންގުޅާފައިވާ ފުރާޅާއި ދިޔަދޮވި ސާފުކޮށް ވަޅަށް ފެންގުޅުމާއި، ވާރޭވެހި ނިމުމުން ވަޅަށް ގުޅާފައިވާ ފެން ބަންދުކުން. އަދި މިސްކިތުގެ ގޯތިތެރޭގައި ބަހައްޓާފައިވާ ވަޅު ހަޑިވުމުގެ ކުރިން ވަޅުދިޔަ ހިއްކުން.
  10.  މިސްކިތަށް ލިބެމުންދާ ގެއްލުންތައް ސްޕަވައިޒަރ މެދުވެރިކޮށް ޤަވާއިދުން ރަށުކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން.
  11. ރާއްޖޭގައި ޤައުމީ ޙަފްލާތަކާއި ރަސްމިއްޔާތުތަކުގައި އަދި ކައުންސިލްގެ ފަރާތުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުން އަދި އޮފީހުގެ މަސައްކަތުގެ މާޙައުލުގައި ވެރިންނާއި މުވައްޒަފުންގެ މެދުގައި އޮންނަންވާ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމަށް ކުރެވޭ އެކިއެކި ކަންތައްތަކުގައި ބައިވެރިވުމާއި، ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ވަޒީފާގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

  1. ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން.
  2. ތަޢުލީމާއި ތަމްރީނު: ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް.
  3. މަސައްކަތުގެ ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި، އެހެނިހެން ތަޖުރިބާ.
  4. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް: އިންޓަރވިއު/ ޕްރެކްޓިކަލްސް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

2014 ނޮވެންބަރު 4 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުން އެދެން.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ، ބަންދު ދުވަސްތަކުގެ އެލަވަންސް، ހަމަޖެހިފައިވާ އެހެނިހެން އެލަވަންސް، ބޭސްފަރުވާގެ ޚިދުމަތް، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.

އުޖޫރައާއި ޢިނާޔަތްތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް، ކޮޅުމަޑުލު ބުރުނީ ކައުންސިލުގެ އިދާރާއިން  ލިބެން ހުންނާއެވެ.)
  2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސަނަދުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އިންޓަރވިއު އަށް އަންނައިރު މި ލިއުންތަކުގެ އަސްލު ގެންނަންވާނެއެވެ.)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  5. ސްކޫލުގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

      މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780038 ނަންބަރަށެވެ. ފެކްސް ނަންބަރަކީ 6780038 އެވެ. އީ މެއިލްކުރާނީ [email protected] އަށެވެ.

 28 ޛުލްޙިއްޖާ 1435

 

22 އޮކްޓޫބަރު 2014
ހޯދާ