މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލެ ދެކުނު ބަނދަރު ސަރަހައްދުގައި ޤާއިމްކޮށްފައިވާ ފެންވިއްކާތަނުން" ކިއޮސްކު " ފެންވިއްކުމާއި ގުޅޭ.
މާލެ ދެކުނު ފަރާތު ފަޅުބޭނުން ކުރާ އުޅަނދު ފަހަރަށް ބޭނުންވާ ސާފުބޯފެން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާތީ 9 ސެޕްޓެމްބަރ 2022 ވާ ހުކުރު ދުވަހުން ފެށިގެން ތިރީގައިވާ ވަގުތު ތަކުގައި ފެންވިއްކުމަށް ޚާއްޞަކޮށްފައިވާ ތަން " ކިއޮސްކު " ހުޅުވިފައި ހުންނާނެއެވެ. ފެން ވިއްކާ ކިއޮސްކު ބަންދު ވަގުތު ތަކުގައި ފެންގަންނަން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ ފޯނު ނަމްބަރއަށް ގުޅުމުން ފެންލިބޭނެ ކަމުގައި ދަންނަވަމެވެ.
ފެން ވިއްކާތަން " ކިއޮސްކު " ހުޅުވިފައި ހުންނަ ގަޑިތަށް.
- ކޮންމެ ދުވަހެއްގެ ހެދުނު 9:00 ން މެންދުރު 12:00 އަށް.
- މެންދުރުފަހު 2:00 ން ހަވީރު 6:00 އަށް.
- ބަންދު ވަގުތުތަކުގައި ފެން ގަންނަން ބޭނުންވާ ފަރާތްތަކުން 9998385 ފޯނު އަށް ގުޅުއްވުމުން ފެން ލިބޭނެ އިންތިޒާމް ހަމަޖައްސާ ދެއްވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
08 ސެޕްޓެންބަރު 2022
ހޯދާ