ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ލީގަލް އޮފިސަރ

 

ވަޒީފާގެ ފުރުޞަތު

(IUL)147-AIT/1/2022/13 :ނަންބަރު

ތާރީޚް: 08 ސެޕްޓެންބަރު 2022

މަޤާމް:

ލީގަލް އޮފިސަރ (JS12-2)                                                    

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/9,412 ރުފިޔާ

ސާރވިސް އެލަވަންސް:

  މަހަކު -/3000  ރުފިޔާ

މަސައްކަތްކުރަންޖެހޭތަން:

   ޖުވެނައިލް ކޯޓު / މާލެ 

ސެކްޝަން:

ރަޖިސްޓްރާރ ސެކްޝަން  (D)

މަޤާމުގެ އަސާސީ ޝަރުތު:

ޝަރީޢަތާ ޤާނޫނު ނުވަތަ ޤާނޫނު ނުވަތަ ޝަރީޢާގެ ދާއިރާއިން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

އެހެނިހެން ޝަރުތު:

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ، ވަޒީފާއަދާކުރަން ޖެހޭ އިދާރާގެ މުވައްޒަފެއްގެ ނަސަބުގެ ގޮތުން ނުވަތަ މުޞާހަރާގެ ގޮތުން (މަންމަ، ބައްޕަ، ކާފަ، މާމަ، ދަރިއަކު، އަންބަކު، ފިރިއަކު، ބޮޑުބޭބެ، ބޮޑުދައިތަ، ޅިޔަންފަހަރިން، ބަފާބެ، މައިދައިތަ، އެއްބަނޑު އެއްބަފާ މީހަކު، އެއްބަނޑު މީހަކު ނުވަތަ އެއްބަފާ މީހަކު ނުވަތަ މިއިން މީހެއްގެ ދަރިއެއް) ކަމުގައި ނުވުން.
  • ވަޒީފާ އަދާކުރެވޭނެފަދަ ޞިއްޙަތެއްގައި ހުރި ފަރާތަކަށް ވުން.

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު:

-18 އަހަރުންދަށުގެ ކުޑަކުދިން ކުރާ ކުށްތަކާ ގުޅިގެން ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ކޯޓުން ނިންމާ މައްސަލަތަކުގެ ރެކޯޑު ބެލެހެއްޓުން.

- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ކުދިންގެ މުއްދަތުގެ ރެކޯޑްތައް ބެލެހެއްޓުން.

- ކޯޓުން ނިންމާ ހުރިހާ މައްސަލައެއްގެ ރިޕޯޓު ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

- ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ހިންގޭ ޕްރޮގްރާމުތައް   ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ އެންމެހާ ޤާނޫނީ މަސައްކަތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.

- ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކޮމެންޓް ކުރުމަށް ކޯޓަށް ފޮނުވާ ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް، ދިވެހިބަހުންނާއި އިނގިރޭސިބަހުން ކޮމެންޓް ކުރުން.

- ކޯޓުން ކުރާ މަސައްކަތްތަކާއި ގުޅިގެން، ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކިއެކި މުއައްސަސާތަކަށާއި އޯގަނައިޒޭޝަންތަކަށް ހުށަހަޅަންޖެހޭ ކޮންސެޕްޓް ޕޭޕަރތައް އިނގިރޭސިބަހާއި ދިވެހި ބަހުން ތައްޔާރުކުރުން.

- މަސައްކަތާއި ގުޅުންހުރި، ރާއްޖެއާއި ރާއްޖޭންބޭރުގެ އެކިއެކި އޯގަނައިޒޭޝަންތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ބައްދަލުވުންތަކުގައި ބައިވެރިވެ ކޯޓު ތަމްސީލު ކުރުމާއި އެބައްދަލުވުން ތަކުން ނިންމާ ނިންމުންތައް، އިސްވެރިންގެ ލަފަޔާއެކު ތަންފީޒު ކުރުން.

- ކޯޓުގެ މަސައްކަތާއި ގުޅުންހުރި ދާއިރާތަކުން އިންތިޒާމުކުރާ އެކިއެކި ތަމްރީނު ޕްރޮގްރާމްތަކާއި ވޯރކްޝޮޕް އަދި ސެމިނަރތަކުގައި، ކޯޓު ތަމްސީލު ކުރާ ފެސިލިޓޭޓަރެއްގެ ގޮތުން ބައިވެރިވުން.

މަޤާމާގުޅޭ ތަޢުލީމީ ދާއިރާތައް

ޝަރީޢާ / ޤާނޫނު

ގުޅޭ މަސައްކަތުގެ ދާއިރާތައް

ޤާނޫނީ ދާއިރާ / ޝަރުޢީ ދާއިރާ

އުޖޫރައާއި ޢިނާޔަތްތައް:

މި މަޤާމަށް ހޮވޭފަރާތްތަކަށް މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން:

  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 55 ލިބޭނެ.
  • ލިވިންގ އެލަވަންސްގެ ގޮތުގައި 2700 ރުފިޔާ ލިބޭނެ.
  • އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ އިތުރުގަޑީގެ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭ ލެވެލް ސެޓިފިކެޓްތަކުގެ ކޮޕީ.
  6. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  7. ލިބިފައިވާ ކުރުމުއްދަތުގެ ތަމްރީނު ތަކާއި ކޯސްތައް ފުރިހަމަ ކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. ލިބިފައިވާ މަތީ ތަޢުލީމުގެ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.
  10. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުން.
  11. މަޤާމަށް ކުރިމަތިލާ ފަރާތުން ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖޭން ބޭރުގެ ޔުނިވަރސިޓީއަކާގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ، އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓިފިކެޓް ހުށަހެޅުން.
  12. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓް ކުރަންޖެހޭ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެކްރެޑިޓްކުރި ސެޓްފިކެޓާއެކު ދާއިމީ ޓްރާންސްކްރިޕްޓް ހުށަހެޅުން.
  1. ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށައަޅާއިރު؛
  • ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭފޯމް ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހެޅުއްވުމަށް އެފޯމުގައާއި މި އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން، މިކޯޓުގެ (މ. މާތިލައިގައި ހުންނަ) ކައުންޓަރަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

- އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ހުންނަންވާނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި (pdf) ފޯމެޓްގައެވެ. އަދި ހުށަހަޅާ ލިޔެކިޔުންތަކުގެ ފައިލް ސައިޒް 05 އެމް.ބީ އަށްވުރެ ބޮޑުނަމަ އޮންލައިން ޑްރައިވްއެއްގައި ޝެއަރ ކޮށްދެއްވުން އެދެމެވެ. އެގޮތަށް ފޮނުވޭ ލިންކުތައް ހުންނަންވާނީ ކޯޓަށް ހުޅުވޭ ގޮތަށް އެކްސެސް ދެވިފައެވެ.

- އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު ސަބްޖެކްޓުގެ ގޮތުގައި "Job Application for Legal Officer" މިހެން ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ.

- މި ފޯމު ފުރިހަމަ ކުރަންވާނީ ދިވެހި ބަހުން، ނޫ/ކަޅު ކުލައިގެ ދެލިންނެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާ އަދި ވެބްސައިޓުން www.juvenilecourt.gov.mv  އިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު 3332645 އަދި 3340730 ން ލިބިލައްވާނެއެވެ.

ސުންގަޑި:

18 ސެޕްޓެމްބަރު  2022  ދުވަހުގެ 12:00

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕީޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

މަސައްކަތުގެ  ތަޖުރިބާ

15%

ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު

5%

މަސައްކަތަށް ބޭނުންވާ ހުނަރު (ޕްރެކްޓިކަލް ޓެސްޓް)

%20

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން

30%

 

މަޤާމަށް މީހަކު ހޮވުމުގައި ބެލޭނެ އެހެނިހެން ކަންތައްތައް

- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ އަދި ގަވައިދުން ވަޒީފާއަށް ޙާޒިރުވެވޭފަދަ ޞިއްޙަތުރަނގަޅު ފަރާތަކަށްވުން.

- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ އަދި މިނޫންވެސް، މަސައްކަތާ ގުޅުންހުރި ސޮފްޓްވެއަރތަކަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.

- ކޯޓުގެ މަސައްކަތްތަކާއި ގުޅުންހުރި ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.

- ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތަކާއެއްގޮތަށް ލިޔުންތައް ޑްރާފްޓް ކުރުމުގެ ޤާބިލުކަން ހުރުން.

- މަޤާމުގެ މަސައްކަތާއި ގުޅިގެން ދަތުރުފަތުރު ކުރަން ޖެހިއްޖެނަމަ ދަތުރުކުރެވޭނެފަދަ ޞިއްހަތެއް ހުރުން.

08 ސެޕްޓެންބަރު 2022
ހޯދާ