ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ޖާގަ އިތުރު ކުރުމަށްޓަކައި، މިހާރު ކޯޓު ހިނގަމުންދާ ޢިމާރާތުގެ ގޯތިތެރޭގައި ހަދާ ޢިމާރާތުގެ ފޭސް 1 ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ޖާގަ އިތުރު ކުރުމަށްޓަކައި، މިހާރު ކޯޓު ހިނގަމުންދާ ޢިމާރާތުގެ ގޯތިތެރޭގައި ހަދާ ޢިމާރާތުގެ ފޭސް 1 ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

         ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ޖާގަ އިތުރު ކުރުމަށްޓަކައި، މިހާރު ކޯޓު ހިނގަމުންދާ ޢިމާރާތުގެ ގޯތިތެރޭގައި ހަދާ ޢިމާރާތުގެ ފޭސް 1 ގެ މަސައްކަތް މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

         ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި ކުންފުނީގެ ނުވަތަ ވިޔަފާރީގެ ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު، މި ކޯޓުގެ މެއިލް އެޑްރެސް: [email protected] އަށް 2022 ސެޕްޓެމްބަރ 13 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އީމެއިލް ކުރެއްވުމަށްފަހު، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފްކުރުމުގެ ސެޝަނަށް ޙާޟިރުވި ފަރާތްތަކަށް އެކަންޏެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

13 ސެޕްޓެމްބަރ 2022

އަންގާރަ

13:30

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން

22 ސެޕްޓެމްބަރ 2022

ބުރާސްފަތި

13:30

         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޞަފަރު 1444

08 ސެޕްޓެންބަރު 2022
ހޯދާ