މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އިޢުލާން ކުރެވިފައިވާ ބީލަންތަކުގެ އެޑެންޑަމް 2- ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް

(IUL)438-WMPC/438/2022/383 :އިޢުލާން ނަންބަރު

އިޢުލާން ކުރެވިފައިވާ ބީލަންތަކުގެ އެޑެންޑަމް 2- ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.ސީ.އީ.ޕީ) ދަށުން ބީލަމަށް ހުޅުވާލެވުނު، ތާވަލުގައި ލިސްޓުކުރެވިފައިވާ، ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރުތައް އިމާރާތް ކުރުމުގެ މަސައްކަތްތަކުގެ ބީލަންފޮތަށް  ބަދަލުގެނެވިފައިވާތީ، މި ވާހަކަ ބީލަންތަކުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  

(IUL)438-WMPC/438/2022/246

ލ.ދަނބިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ-2 ވަނަ ޓެންޑަރ

(IUL)438-WMPC/438/2022/247

މ.މުލައް ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ-2 ވަނަ ޓެންޑަރ

(IUL)438-WMPC/438/2022/245

ތ.ކިނބިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ-2 ވަނަ ޓެންޑަރ

(IUL)438-WMPC/438/2022/254

ލ.މާމެންދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ

ބަދަލުގެނެވިފައިވާ ބީލަންފޮތްތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢުކުރެވިފައިވާނެއެވެ. މީގެ އިތުރުން މި ޕްރޮޖެކްޓްތަކުގެ ވަން ޑްރައިވް ލިންކްތަކއް މެދުވެރިކޮށް ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

ބަދަލުގެނެވިފައިވާ ބައިތައް:

ބަދަލު ގެނެވުނު ބައިތައް:

 ގެނެވުނު ބަދަލު:

 (ITB 12)ލެޓަރ އޮފް ބިޑް

ހުށަހަޅާ ބީލަމުގައިވާ ލެޓަރ އޮފް ބިޑްގައިވާ އެއްވެސް މާއްދާއެއް އުނި ނުވާނެހެން އެއްކޮށް ފުރިހަމަވެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ލެޓާ އޮފް ބިޑްގައި  ސޮއިކުރަންވާނެއެވެ.

(ITB 19.1) ބިޑް ސެކިއުރިޓީ

ޑޮކިޔުމަންޓްގައި ބަޔާންކޮށްފައިވާ ގޮތަށް ބިޑް ސެކިއުޓީ ހުށަހަޅާފައިނުވާނަމަ، އެ ބީލަމެއް ބަލައިގެނެވޭނީ ނޮންރެސްޕޯންސިވް ބީލަމެއްގެ ގޮތުގައި އެވެ.

(ITB 20.1) ހުށަހަޅަންޖެހޭ ބީލަމުގެ ކޮޕީގެ އަދަދު

ސޮއި އަދި ސްޓޭމްޕް ކޮށްފައިވާ އޮރިޖިނަލް ބިޑްގެ އިތުރުން، އޮރިޖިނަލް ބިޑްގެ ސޮފްޓް ކޮޕީއެއް (ސްޓޭމްޕްޑް އެންޑް ސައިންޑް) ހުށަހަޅަން ވާނެއެވެ.

(ITB 23) ލޭޓް ބިޑްސް

ކަނޑައެޅިފައިވާ ސުންގަޑި ގަޑިއަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.

(ITB 29) ބީލަމަކީ ރެސްޕޯންސިވް ބީލަމެއްގެ ގޮތުގައި ބެލޭނެ ހާލަތު 

އައި.ޓީ.ބީ 11 ގެ ދަށުން ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުމެއް ހުށަހަޅާފައިވުން

ސެކްޝަން 111 އިވެލުއޭޝަން އެންޑް ކޮލިފިކޭޝަން ކްރައިޓީރިއާގެ ދަށުން :

1.2  މަލްޓިޕުލް ކޮންޓްރެކްޓްސް އެވޯޑް ކުރުން:

1 ބީލަމަށް ވުރެ ގިނަ ބީލަން އެއްފަރާތަކަށް އެވޯޑުކުރާނަމަ، އެވޯޑުކުރުމުގައި ބަލާނެ ކަންތައްތައް:

ކޮންޓްރެކްޓް އެވޯޑް ކުރުމުގެ ކުރިން މަސައްކަތް ކުރުމުގެ މާލީ ޤާބިލުކަން (ވޯރކިންގ ކެޕިޓަލް)  އެކަށީގެންވާ ވަރަށް ހުރިތޯބެލުމުގެ އިތުރުން، ފަންނީ ޤާބިލުކަން ބެލޭނީ ކޮންމެ ޕްރޮޖެކްޓަކަށް ވަކި ސްޓާފުން ހަމަޖެއްސުމާއި، ބޭނުންވާ އިކްއިޕްމެންޓް އެކަށީގެންވާ ވަރަށް ހުރުމުގެ ގާބިލް ކަން ލިބިފައިވާނަމައެވެ.

ސެކްޝަން 111 އިވެލުއޭޝަން އެންޑް ކޮލިފިކޭޝަން ކްރައިޓީރިއާގެ ދަށުން:

2. ފައިނޭންޝަލް ސިޗުއޭޝަން: ހިސްޓޯރިކަލް ފައިނޭންޝަލް ޕަރފޯމެންސް:  2.3.1

އެންމެ ފަހުގެ 3 އަހަރުގެ ފައިނޭންޝަލް ސްޓޭޓްމެންޓް ހުށަހަޅަން ޖެހޭނެއެވެ.

ސެކްޝަން 111 އިވެލުއޭޝަން އެންށް ކޮލިފިކޭޝަން ކްރައިޓީރިއަރގެ ދަށުން :

2. ފައިނޭންޝަލް ސިޗުއޭޝަން:2.3.3   ފައިނޭންޝަލް ރިސޯސަސް:

ބީލަމުގެ ބޭނުމަށް ކްރެޑިޓް ފެސިލިޓީ ހޯދަން ވާނީ ފައިނޭންޝަލް އިންސްޓިޓިޔުޓަކުންނެވެ.

ބީލަން ހުޅުވުން

ލިސްޓްގައިވާ 4 މަސައްކަތުގެ ބީލަން ހުށަހެޅުމާއި ހުޅުވުމަށް ހަމަޖެހިފައިވަނީ 18 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހު 11:00 ގައެވެ.

ބިޑް ސެކިޔުރިޓީގެ ވެލިޑިޓީ

 މި މަސައްކަތްތަކަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން ހޯދާފައިވާ ބިޑް ސެކިޔުރިޓީގެ ވެލިޑިޓީ މުއްދަތު ފެށޭ ދުވަހަކީ ކުރިން ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޙް ކަމުގައިވާނަމަ، ބިޑް ސެކިޔުރިޓީ ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ.

8 ސެޕްޓެމްބަރ 2022

08 ސެޕްޓެންބަރު 2022
ހޯދާ