ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު އިވްނިންގުވިލާ ގޯތީގެ އިރުން އޮތް ހުސްބިމުގައި އިވްނިންގުވިލާ ގޯއްޗަށް ދަތިވާ ގޮތަށް ހުރި ރުކުގެ ވެރިފަރާތް ހޯދުން

ފުވައްމުލަކު އިވްނިންގުވިލާ ގޯތީގެ އިރުން އޮތް ހުސްބިމުގައި އިވްނިންގުވިލާ ގޯއްޗަށް ދަތިވާ ގޮތަށް ހުރި ތިރީގައި މިދަންނަވާ ރުކުގެ ވެރިފަރާތް ހޯދުމަށް ބޭނުންއެވެ.

01 ފޯދުނު ޖާފާނު ރުއް

ވީމާ މިރުއްގަހުގެ މިލްކުވެރި ފަރާތެއްވާނަމަ 2022 ސެޕްޓެމްބަރ 14 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން އެރުކަކީ ރަޖިސްޓްރީ ކުރެވިފައިވާ ރުކެއްކަން އެނގޭނެ ނުވަތަ ރުކުގެ މިލްކުވެރިކަން އެނގޭނެ ލިޔުމާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ. 

07 ސެޕްޓެންބަރު 2022
ހޯދާ