ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް:

 ސީނިއަރ މެނޭޖަރ – ރިސާޗް އެންޑް ޑިވެލޮޕްމަންޓް

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ މެނޭޖަރ - ގްރޭޑް 1

މުސާރަ: 

 މަހަކު 14500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 5800.00 ރުފިޔާ

- މެނޭޖްމަންޓް އެލަވަންސް: 2500.00 ރުފިޔާ

- ފޯނު އެލަވަންސް: 500.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ އެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތުގެ  ދާއިރާއިން މަދުވެގެން 5-3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ އެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތުގެ  ދާއިރާއިން މަދުވެގެން 8-6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަންގެ ކުރިމަގު ބައްޓަންކުރުމުގެ ގޮތުން ޕްލޭންތައް ތައްޔާރުކުމާއިއެކު އެކަންކަން ޙާސިލުކުރުމަށްޓަކައި ކަމާއި ގުޅުންހުރި ޑިޕާޓްމެންޓުތަކާއި ގުޅިގެން މަސައްކަތްކުރުން. އަދި އެކަންކަން ޙާސިލުވި މިންވަރު ކަށަވަރުކޮށް މެނޭޖްމަންޓަށް ހުށަހެޅުން.

- ކޯޕަރޭޝަންގެ ވިޔަފާރި ފުޅާކުރެވޭނެ ގޮތޮތައް ހޯދައި އެފަދަ ކަންކަން ތަންފީޒު ކުރެވޭނެ ގޮތުގެ އެންމެހާ ޕްލޭންތައް ހެދުމަށްފަހު މެނޭޖްމަންޓަށް ހުށަހެޅައި، އެކަންކަން ތަންފީޒްކުރުމަށްޓަކައި އެހެން ޑިޕާޓްމަންޓްތަކާއި އެކު މަސައްކަތްކުރުން.

- ރިސާޗް އެންޑް ޑިވެލޮޕްމަންޓު ޑިޕާޓްމަންޓުގެ މެންޑޭޓްގައިވާ އެންމެހާ ކަންކަން ޙާސިލުކުރެވޭކަން ކަށަވަރުކުރުން.

- ރިސާޗް އެންޑް ޑިވެލޮޕްމެންޓު ޑިޕާޓްމެންޓުގައި ހިނގާ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.

- ކޯޕަރޭޝަންގެ ހުރިހާ ޑިޕާޓްމެންޓެއްގެ މަސައްކަތުގެ ޕްރޮގްރެސް ގާތުން ބެލުމާއިއެކު، ކޯޕަރޭޝަންގެ އިމޭޖް އަދި މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމުގެ އެންމެހާ މަސައްކަތް ވިލަރެސްކުރުން.   

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 13 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ސެޕްޓެމްބަރ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                 12 ޞަފަރު    1444  

08 ސެޕްޓެންބަރު 2022
ހޯދާ