ނޮޅިވަރަމު ޞިއްޙީ މަރުކަޒު، ހދ. ނޮޅިވަރަމު
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

 

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-275499

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޮޅިވަރަމް ޞިއްޙީ މަރުކަޒު

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  އާއި ހަމަޖެހިފައިވާ އުސޫލުން ރިސްކު އެލަވަންސް.
  3. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަސްމީގަޑީގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް އޮފީސް ހުޅުވުމާއި ލެއްޕުން. އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެޙޭ ހާލަތް ތަކުގައި އިސްވެރިއެއްގެ ހުއްދައާއެކު ހޫޅުވާ ލެއްޕުން.
  2. މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުން.  
  3. މުވައްޒަފުންގެ ޙާޟިރީ ކަންތައްތައް ބެލެހެއްޓުމުގެ ކަންތަކުއެހީތެރިވުން.     
  4. މުވައްޒަފުންގެ މަސައްކަތް ކުރެވެމުންދާގޮތް ބަލައި ، ސްޕަވައިޒްކުރުން . އަދި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް ބާރުއަޅާ އެހީތެރިވުން.   
  5. ހުރިހާ މުވައްޒަފުންގެ ފައިލްތައް ބެލެހެއްޓުން. 
  6. މުވައްޒަފުންނަށް އަންގަންޖެހޭ ލިއުންތައް އިސްވެރިޔާގެލަފާގެމަތިން އެންގުމާއި ، ވަޒީފާ އަދާކުރުމުގައި ފަރުވާ ކުޑަކުރާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އިސްވެރިޔާގެ ލަފާގެމަތިން އަންގަންވާ ފަރާތްތަކަށް އެންގުން    
  7. އަތޮޅުގެ ރަށްރަށަށް ފޮނުވަންޖެހޭ ލިޔެކިއުންތައް އިސްވެރިޔާގެލަފާގެމަތިން ވަގުތުން ވަގުތަށް ފޮނުވުން.
  8. ޞިއްޙީ މަރުކަޒު އިތުރުކޮށް ދެއްވާ މަޤާމްތަކަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް މުވައްޒަފުންގެ ޤަވާޢިދާ އެއްގޮތަށް ކުރުމާއި މިކަމާގުޅިގެން އެމަޤާމް ތަކަށް ސިޓީލާ ފަރާތްތަކުން ހުށައަޅާ ލިޔެކިއުންތައް ކަމާބެހޭ ފަރާތަށް ފޮނުވުން. އަދި އަތޮޅުގެ ރަށްރަށުން މިކަމާ ގުޅިގެން ފޮނުވާ ލިޔެކިއުންތައް ކަމާބެހޭ ފަރާތަށް ފޮނުވުމާއި އެކަން ކުރިއަށްދާގޮތްބެލުން.
  9. ޞިއްޙީ މަރުކަޒާއި ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމުގެ ކަންތައް ކުރުމުގައި އެހީތެރިވުން.  
  10. ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ޗުއްޓީއަށް އެދުމުން އެކަން ކަމާބެހޭ ފަރާތުގައި ދެންނެވުމާއި ލީވްއެޕްރުއަލް ހޯދުމަށް މަސައްކަތްކުރުން.
  11. ޞިއްޙީ މަރުކަޒުން މަރާމާތުކުރަންޖެހޭތަކެތި މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތްބަލައި އެކަންކުރެވޭނެ އިންތިޒާމުއިސްވެރިޔާގެ ލަފާގެ މަތިން ހަމަޖައްސައިދިނުން. 
  12. ސާރވަރ އެންޓްރީ ކަންތައްތައް ރަގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ބާރުއަޅާ ބެލެހެއްޓުން.   
  13. ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރާ ޓީމުތަކުގެ މެހެމާންދާރީގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް އެކަންތައް ކުރިއަށް ގެންދިއުމަށް ބާރުއަޅާ އެހީތެރިވުން.
  14. ޞިއްޙީ މަރުކަޒުން އެކިއެކި ފަރާތްތަކަށް ފޮނުވޭ ލިޔެކިއުންތަކާއި ، ޞިއްޙީ މަރުކަޒަށް އެކިއެކި ފަރާތްތަކުންލިބޭ ލިޔެކިއުންތައް ހަރުދަނާ ގޮތެއްގެމަތިން ފައިލް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އެކަންކުރިއަށްދާގޮތް ބެލުން އަދި ފައިލް ކުރުމުގައި އެހީތެރިވުން.
  15. ޞިއްޙީ މަރުކަޒުން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމުގެ މަސައްކަތް ކުރުމަށް ބާރުއަޅައި ، އެކަމުގައި އެހީތެރިވުން.   
  16. ޞިއްޙީ މަރުކަޒުގެ މަސައްކަތްތައް ( އިޢުލާނުކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ) އިޢުލާނުކޮށް އެކަންތައްތައް އެންމެ އިންސާފުވެރި ގޮތުގައި ޤަވާޢިދާ އެއްގޮތަށް ކުރެވެތޯބަލާ އެމަސައްކަތްތައްކުރުން .  
  17.  ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީއާ ، ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ޤަވަޢިދުން އަޕްޑޭޓްކޮށް ބެލަހައްޓަމުން ގެންދިއުން . 
  18. އާންމުންނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމަތުތަކާއި ، ޤަވާއިދުތައް އާންމުންނަށް ފެންނާނެހެން ޞިއްޙީ މަރުކަޒުގެ ނޯޓިސްބޯރޑްގައި ބެހެއްޓުމަށް ލަފާދީ އެކަން ކުރިއަށްދާގޮތް ބެލުން.      
  19. މީގެ އިތުރަށް މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ހުރިހާ މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވުން. 
  20. ޢާއްމުފަރާތްތަކާއި މުވައްޒަފުންނާޢި އެހެނިހެ މުވައްސަސާތަކުގެ ވެރިންނަށް މުއާމަލާތްކުރުމުގައި ގެންގުޅެންޖެހޭ ރީތިއުސޫލުތައް ގެންގުޅުމަށް މުވައްޒަފުންނަށް ބާރުއެޅުން.
  21. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާ އެއްބާރުލުން ދަމަހައްޓާ އޮފީސްމާޙައުލަކީ ހިއްހަމަޖެހިގެން މަސައްކަތްކުރާ މާހައުލަކަށް ހެދުމަށް މަސައްކަތް ކުރަމުން ގެންދިއުން.  
  22. ޞިއްޙީ އެމަރޖެންސީ ހާލަތްތަކުގައާއި ޕެންޑަމިކް އަދި ކާރިޘާ ތަކުގައި އަމަލީގޮތުން ބައިވެރިވުން.

 

 

މަޤާމުގެ ޝަރުޠުތައް:

 

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްނިމިސްޓްރޭޝަން
  • މެނޭޖްމެންޓް

 

މަޤާމުގެ ތައުލީމީ ރޮނގުތަށް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ކޯ ޑިސިޕްލިން: ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ. https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުޠު ހަމަވުން

30%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

05%

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

05%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

05%

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20%

އިންޓަރވިއު

35%

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ސެޕްޓެމްބަރ 2022 ގެ 13:30 ގެ ކުރިން، ނޮޅިވަރަމް ޞީއްޙީ މަރުކަޒްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ، 25 ސެޕްޓެމްބަރ 2022 އާއި 01 އޮކްޓޯބަރ 2022 އާ ދެމެދު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީ ގަޑީގައި 6520514 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

12 ޞަފަރު 2022

08 ސެޕްޓެމްބަރ 2022

08 ސެޕްޓެންބަރު 2022
ހޯދާ