ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 53 ވަނަ ޖަލްސާގެ ނިންމުން
ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް |
|||
ބައްދަލުވުމުގެ ނަންބަރު: |
4 ވަނަ ދައުރުގެ 53 |
ބައްދަލުވުމުގެ ބާވަތް: |
އާއްމު ބައްދަލުވުން |
ބައްދަލުވުން ބޭއްވި ތާރީޙް: |
31 އޮގަސްޓް 2022 |
ބައްދަލުވުން ބޭއްވި ގަޑި: |
10:00 |
ނިންމުންތައް
- ޕާކުގެ މަސައްކަތައް ހޭދަވާނީ ކިހާފައިސާއެއްކަން މިހިނދަށް ދެނެގަނެވިފައިނެތުމުން އެމަސައްކަތައް ދަތިވެދނޭކަމަށް ފެންނާތީ ޕްރީސްކޫލްގެ ކުލާސްރޫމް ހެދުމުގެ މަސައްކަތައް އަތޮޅު ކައުންސިލުން ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާއިން ހަރަދުކުރުމަށް ނުފެންނަކަމަށް ނިންމުނު.
- ކުޑަކުދިންގެ ޕާކުހެދުމަށް ދޫކޮށްފައިވާ ބިމުގައިހުރި ރުއްގަހުގެ ބަދަލުގެ ކަންތައް ވީއެންމެ އަވަހަކަށް ނިންމުމާއި ސެޕްޓެމްބަރުމަހުގެ ފުރަތަމަ ހަފްތާގައި ފެނަކަ ކޯޕަރޭޝަން ވަންދޫ ބްރާންޗާއިއެކު ބައްދަލުވުމެއް ބާއްވައި ޕާކުގެ މަސައްކަތް ކުރިޔައްގެންދާނޭ ގޮތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ނިންމުނު.
- އެއްވެސް ކައުންސިލަރެއްގެ ހުށަހެޅުމުން ނެތުމުން [ސިނާއީ ސަރަހައްދުން ދޫކުރެވިފައިވާ ބިންތަކުގެ މިހިނދަށް އެގްރީމެންޓް ހެދައިވާ ބިންތަކާއި އަދި މުއްދަތުހަމަވެ އެއްބަސްވުން އެކުލަވާލެވިފައިނުވާ ބިންތަކުގެ މުއްދަތާއިމެދުގައި ގޮތެއް ނިންމުން] ކުރިޔައްއޮތް ބައްދަލުވުމަށް ފަސްކުރުމަށް ނިންމުނު.
- 8 ޖޫން 2022 ވަނަ ދުވަހު އިދާރީ ބައްދަލުވުމުގައި ނިންމާފައިވާގޮތައް ބިންތަކުގެ ފައިސާ ދެއްކުމަށް ލިޔުމުން އެފަރާތްތަކަށް އެންގުމަށް އަދި ނިންމުމާއިގޮތައް ކުލިދައްކަމުންނުދާނަމަ އެބޭފުޅެއްގެ އަތުން ބިންވަކިކުރުމަށް ނިންމުނު.
31 އޮގަސްޓް 2022
ހޯދާ