ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ / އެމް އެސް 1

މިހޮސްޕިޓަލްގެ ނަމްބަރ (IUL) SH-AH/2022/27 ( 10 އޮގަސްޓް 2022 ) އިޢުލާނަށް އެކަށީގެންވާ އަދަދަކަށް ކުރިމަތިލާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިއުލާން ކުރަމެވެ. ށ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި މަސައްކަތައް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމުގެ ނަންބަރު:

J-278229

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް . އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ. އަތޮޅު ހޮސްޕިޓަލް

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ  

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  އާއި ހަމަޖެހިފައިވާ އުސޫލުން ރިސްކު އެލަވަންސް.
  3. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހޮސްޕިޓަލުގެ އެއްގަމުގައި ދުއްވާ ވެހިކަލްތަކާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ބަލަހައްޓައި އެތަކެތި މަރާމާތުކުރުމާއި، މަރާމާތުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން އަދި ކުރަންޖެހޭ ދަތުރުތަކުގެ ކަންކަން ކުރިއަށްގެންދިއުން.
  2. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ މަރުކަޒުތަކުގައިވާ ތަކެތީގެ ތެރެއިން ގަވާއިދުން ސާރވިސް ކުރަންޖެހޭ ތަކެތި ސާރވިސް ކުރުމުގެ ކަންތައްބެލެހެއްޓުން
  3. ހޮސްޕިޓަލުގެ އެއްގަމު ވެހިކަލްތައް ރަޖިސްޓްރީކޮށް ބެލެހެއްޓުން،ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ އުޅަނދުފަހަރާއި، ވެހިކަލްތަކާއި ހަރުމުދަލުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުން
  4. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުވުން
  5. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ ބިންބިމާއި އިމާރާތްތަކާއި، އުޅަނދުފަހަރާއި، ވެހިކަލްތަކާއި ހަރުމުދަލުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން
  6. ހޮސްޕިޓަލުގެ އެއްގަމު ވެހިކަލްތައް ރަޖިސްޓްރީކޮށް ބެލެހެއްޓުމާއި ވެހިކަލްތަކުގެ އަހަރީފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ފީ ދެއްކުމުގެ ކަންކަން ކުރުން.
  7. ހޮސްޕިޓަލުގައި ބޭނުންވާކުރާ މެޑިކަލް އޮކްސިޖަން ސިލިންޑަރ ހޯދުމާއި، އޮކްސިޖަން ފިލްކުރުމުގެ މަސައްކަތް ހިންގާގޮތް ބެލެހެއްޓުމާއި އޮކްސިޖަން ބޭނުންވާ ޔުނިޓްތަކަށް ދޫކުރުމުގެ މަސައްކަތް ކުރުވުން.
  8. ހޮސްޕިޓަލުގެ މެޑިކަލް އަދި ޖެނަރަލް ސްޓޮކްއަށް ބޭނުންވާ ތަކެތި ހޯދާ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި ބޭނުންވާ ތަކެތި ދޫކުރުމުގެ މަސައްކަތް ކުރުވުމާއި، ހޮސްޕިޓަލްގެ ސްޓޮކްތަކަށް ބޭނުންވާ ތަކެތީގެ ރިކުއެސްޓްތައް ތައްޔާރުކުރުވުން.
  9. ހޮސްޕިޓަލުގެ ފަޔަރ އެލާރމް ސިސްޓަމް އިންތިޒާމްކުރުމާއި، މުވައްޒަފުންގެ ރައްކާތެރިކަމަށް ބޭނުންވާ މައުލޫމާތާއި ތަމްރީން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުވުން
  10. ހޮސްޕިޓަލުގެ ޓެލެފޯން ލައިންތަކާއި ޕީއޭބީއެކްސް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން
  11. ހޮސްޕިޓަލުގެ ސްޓޮކްގައިހުރި ނައްތާލަންޖެހޭ ތަކެތި ޤަވާޢިދުން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  12. ހޮސްޕިޓަލުން، މަރާމާތުކުރަންޖެހޭތަކެތި މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތްބަލައި އެކަންކުރެވޭނެ އިންތިޒާމުއިސްވެރިޔާގެ ލަފާގެ މަތިން ހަމަޖައްސައިދިނުން.
  13. ހޮސްޕިޓަލްގައި އަލަށް އިމާރާތްކުރާ އިމާރާތްތަކުގެ މަސައްކަތްތައް ދާގޮތްބަލާ އިންސްޕެކްޓްކުރުމާއި، މަރާމާތުކުރަންޖެހޭ އެންމެހާ އިމާރާތްތަކާއި ތަކެތި މަރާމާތުކުމާއިގުޅޭ މަސައްކަތްތައް ކުރުވުން.
  14. ހޮސްޕިޓަލުގެ ޖަނަރޭޓަރ އޮޕަރޭޓްކުރުމާއި، މެއިންޓެނެންސް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުމާއި، ހޮސްޕިޓަލްގެ ކަރަންޓްވިއުގައަށް ދިމާވާ މައްސަލަތައް ހައްލުކުރުވުމާއި، ބަދަލުކުރަންޖެހޭ ފަންކާ، ބޮކި، ހޮޅިބުރި ފަދަ އެންމެހާ ތަކެތި ބަދަލުކުރުވުން.
  15. ހޮސްޕިޓަލުގެ އާރު އޯ ޕްލާންޓް އޮޕަރޭޓްކުރުމާއި، މެއިންޓެނެންސް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން.
  16. ހޮސްޕިޓަލާއި ހޮސްޕިޓަލްގެދަށުން ހިންގާ ޞިއްޙީމަރުކަޒުތަކުގެ އައިޓީ އާއިބެހޭކަންކަން ހިގާނުހިގާގޮތް ބަލާ، އެކަންކަން ކުރުވުން.
  17. ކޮންފަރެންސް އަދި މީޓިންގްތަކަށް ސެޓަޕް ހަދައިދީ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ހަވާލުކުރުން
  18. ހޮސްޕިޓަލް އިމާތްރާތްތަކާއި ދޮރުތަކާއި، ދޮރުފަތްތަކާއި، ފަންކާތަކާއި ހޮޅިބުރިތަކާއި ފެންލައިޓް އަދި ބިއްލޫރި ފަދަ ތަކެއްޗާއި އާންމުކޮށްބޭނުންކުރާ ތަކެތި މުވައްޒަފުންލައްވާ ސާފުކުރުވުމާއި އާންމު ސާފުތާހިރުކަން ބެލެހެއްޓުން. 
  19. ހޮސްޕިޓަލް އިމާރާތް ތަކުގެ ސާފުތާހިރުކަށް ބެލެހެއްޓުމާއި، ގޯތިތެރެއާއި، މަގުތަކުގެ އާއްމުސާފުތާހިރުކަން ބެލެހެއްޓުމާއި ،ރަގަޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކުރުވުން.
  20. ހޮސްޕިޓަލްގެ އިމާރާތްތަކުގެ ފުރާޅުތައް ސާފުކުރުވުމާއި، ހޮސްޕިޓަލުގައި ބެހެއްޓިފައި ހުންނަ ވާރޭފެން ތާންގީތަކަށް، ވާރޭވެހޭ ނަމަ މުވައްޒަފުންލައްވާ ފެންނަގައި ރައްކާތެރިކޮށް ބެލެހެއްޓުން.
  21. ސާފުކުރާ މުވައްޒަފުން ހޮސްޕިޓަލުގެ އެތެރެއާއި ހޮސްޕިޓަލުގެ ގޯތިތެރެ އަދި ފާޚާނާ ތަކާއި، ޑޮކްޓަރުންގެ ކޮޓަރިތައް ސާފުކުރާގޮތް ޗެކްކޮށް، އެމީހުން ސާފުކުރާ ގަޑިތަކުގައި ޑިއުޓީގައި ހުރި މުވައްޒަފަކު އެތަނަށްގޮސް ސާފުކުރަނީ ރަގަޅަށްތޯބެލުމާއި، އަދި އެތަން ތަނުގައި ހުންނަ ލައިޓް ތަކާއި އެހެނިން ތަކެތި ހުރީ ރަގަޅައްތޯ ބަލާ ޗެކުކޮށް ހަލާކުވެފައި އެއްޗެއް ހުރިނަމައެކަން ސުޕަވައިޒަރަށް ރިޕޯޓްކުރުން.
  22. ހޮސްޕިޓަލްގެ އެތެރެއާއި ހޮސްޕިޓަލްގެ ގޯތިތެރޭގެ ސާފުތާހިރުކަން ބެލެހެއްޓުން. އެގޮތުން ފާޚާނާތަކާއި ޑޮކްޓަރުންގެ ކޮޓަރިތައް ހަޑިވެފައި ހުރިނަމަ ސާފުކުރުވުން
  23. ހޮސްޕިޓަލުގެ އެތެރޭގައި ހުންނަ ޕޭޝަންޓް ފާޚާނާ އާއި މުވައްޒަފުންގެ ފާޚާނާ ތަކަށް ސައިބޯނި ފުޅި ހުސްވުމުން ސައިބޯނި ފުޅި ލުމާއި، އަދި ހޮސްޕިޓަލުގެ އެކި އޭރިޔާ ތަކުގައި ސްޓެރީލިއަމް ފުޅި ހަރުކޮށްފައި ހުންނަ ތަންތަނުގައި ސްޓެރީލިއަމް ފުޅިހުސްވެފަހުރިތޯ ބަލާ ޗެކުކޮށް ، ހުސްވުމުން ހުސްވެފައި ހުރި ތަންތަނަށް އާ ސްޓެރީލިއަމް ފުޅިބަދަލުކުރުކުރުވުން.
  24. ހޮސްޕިޓަލުގެ އެޑްމިންސްޓްރޭޝަން އޮފީސް،އަދި އެތަނުގެ މީޓީންގ ރޫމްތައް ހަމަޖެހިފައިވާ އުޞޫލުގެ މަތީން ސާފުކުރުވުމާއި، އަދި މޭޒު ،ގޮނޑި، ފަދަ ތަކެތި ފޮހެ ސާފުކޮށް، އެތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  25. ހޮސްޕިޓަލުގެ ފަރާތުން ރާވާ ނުވަތަ ބައިވެރިވާ އެކިއެކި ބައްދަލުވުންތަކާއި، އިވެންޓްތަކުގެ އިންތިޒާމް އަންގާ ގޮތެއްގެ މަތީން ހަމަޖެއްސުން.
  26. ހޮސްޕިޓަލުގައި ހުންނަ ދޮރުފޮތިތަކާއި ސޯފާ ސެޓްގެ ފޮތިތައް ލޯންޑްރީއާއި ހަވާލުކޮށް ދޮވެ ޤަވާއިދުން ބެލެހެއްޓުމާއި އެތަކެތި އާކުރަން ޖެހޭނަމަ އެކަން ސްޕަވައިޒަރަށް އެންގުން.
  27. ކަނޑައެޅިފައިވާ އުސޫލުގެ މަތިން ހޮސްޕިޓަލު އެތެރެ ކުނިކަހާ މޮޕްކޮށް ސާފުކުރުވުން.
  28. ކަނޑައެޅިފައިވާ އުސޫލުގެ މަތިން ހޮސްޕިޓަލް ގޯތީގެ އެތެރެއާއި ވަށައިގެންވާ މަގުތަށް ވިނަނޮޅާ، ސާފުކުރުވާއި، ކުނިތައް ކަނޑައެޅިފައިވާ އުސޫލުން ނެގުވުން.
  29. މަސައްކަތު މުވައްޒަފުނާއި، ލޯންޑްރީ އެސިސްޓެންޓުން ލައްވާ މަސައްކަތް ކުރުވުމާއި، އެމީހުންގެ މަސައްކަތް ސްޕަވައިޒުކުރުމާއި، ލޯންޑްރީ ސާރވިސް ބެލެހެއްޓުމާއި ހޮސްޕިޓަލަށް ދަތިނުވާގޮތަށް އެމަސައްކަތް ރާވާހިންގުމާއި، އަދި ކާގެ، ބަދިގެ ސާފުކުރުވުމާއި، އެތަންތަނުގައިހުރި ތަކެތި ސާފުކުރުވާ ބެލެހެއްޓުން.
  30. ހޮސްޕިޓަލަށް ކުއްޔަށްހިފާފައި ހުންނަ ތަންތަނުގެ ކަންތައްތައް ބެލެހެއްޓުން.
  31. ޞިއްޙީ އިމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  32. ޞިއްޙީމަރުކަޒުން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި ، އެންމެން ގުޅިގެންކުރާ މަސައްކަތްތައް ކުރުމާއި އެހެންމީހުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

  • ގުޅޭ ވަޒީފާގެ ދާއިރާތައް: އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް  

 

މަޤާމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގު(ތައް):

އެޑްމިނިސްޓްރޭޝަން

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން :

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން  

މަޤާމުގެ ކޯ ޑިސިޕްލިން : ނެތް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ސެޕްޓެމްބަރ 2022 ވަނަ ދުވަހު 14:00 ގެ ކުރިން، ށ. އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އެސެސްމަންޓް އޮންނާނީ 2022 ސެޕްޓެމްބަރ 24 ހާއި 2022 އޮކްޓޯބަރ 22 އާއި ދެމެދު  ށ. އަތޮޅު ހޮސްޕިޓަލްގަ އެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހިސަރުކާރުގެ ގެޒެޓް ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540502 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

07 ސެޕްޓެންބަރު 2022
ހޯދާ