މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ ހައުސްކީޕަރ މަޤާމަށް މީހަކު ހޯދުމަށް

 

ހައުސްކީޕަރ

ވަޒީފާގެ ފުރުޞަތު

އިޢުލާން ނަންބަރު: E18C-A/2022/2

ތާރީޚް: 07 ސެޕްޓެމްބަރ 2022

މަޤާމު

ހައުސްކީޕަރ

ރޭންކް: އެސް.އެސް 1

ޢަދަދު

01 (އެކެއް)

ސެކްޝަން: އިދާރީ ސެކްޝަން

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/3100 ރުފިޔާ

 

މިމަޤާމަށް ލިބޭ އެލަވަންސް

 

- ޖުޑީޝަލް އެލަވަންސް: -/775 ރުފިޔާ (މުސާރައިގެ %25)

- ސަރވިސް އެލަވަންސް: -/1000 ރުފިޔާ

- ލިވިންގ އެލަވަންސް: -/2550 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

 

އަސާސީ ޝަރުޠު

 

1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

ނޯޓް: (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުން ޓެސްޓެއް ދީގެންނެވެ.)

 

 

އެހެނިހެން ޝަރުޠު

 

1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

 

2. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

 * ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރު: "ވަޒިފާއަދާކުރަންޖެހޭ ކޯޓުގެ ފަނޑިޔާރުންނާއި ނުވަތަ ކޯޓުގެ ނުވަތަ އިދާރާގެ އިސްވެރިޔާއާ ނުވަތަ އިސްވެރިންނާ، ވަޒީފާއަށް ހޮވޭމީހާއާ ނަސަބުގެ ގޮތުން ނުވަތަ މުޞާހަރާގެ ގޮތުން (މަންމައާ، ބައްޕައާ، ކާފައާ، މާމައާ، ދަރިއަކާ، އަންބަކާ، ފިރިއަކާ، ބޮޑުބޭބެއަކާ، ބޮޑުދައިތައަކާ، ޅިޔަންފަހަރިންނާ، ބަފާބެއާ، މައިދައިތައާ، އެއްބަނޑު އެއްބަފާ މީހަކާ، އެއްބަނޑު މީހަކާ، ނުވަތަ އެއްބަފާ މީހަކާ ނުވަތަ މިއިން މީހެއްގެ ދަރިއަކާ) ގުޅުން ހުރި މީހަކަށް ނުވުން."

 

* ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރު: "ވަޒީފާއަށް ހޮވޭ މީހަކީ، ވަޒީފާ އަދާކުރަން ޖެހޭ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފެއްގެ މަންމައަށް، ބައްޕައަށް، ދަރިއަކަށް، އަންބަކަށް، ފިރިއަކަށް، އެއްބަނޑު އެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުވުން."

 

މަޤާމުގެ މަސްއޫލިއްޔަތުތައް

 1-      ރަސްމީ ކޮންމެ ދުވަހަކު ކޯޓަށް ޙާޟިރުވުމާއެކު ކޯޓުގެ ޢިމާރާތުގެ އެތެރެ ކުނިކަހައި ސާފުކޮށް، މޮޕުލުން.

2-      ކޯޓުގެ ކޮމްޕިޔުޓަރާއި ޕްރިންޓަރު ފަދަ އިލެކްޓްރޯނިކް ވަސީލަތްތަކުގެ ހިރަފުސް ފޮޅައި، ސާފުކޮށް ބެލެހެއްޓުން.

3-      ކޯޓުގެ ގޯތިތެރެއާއި ކޯޓު ވަށައިގެންވާ މަގުތައް ކޮންމެ ދުވަހަކު ކުނިކަހައި، ވިނަ ނޮޅާ ސާފުކުރުމާއި، ހަފްތާއަކު އެއްފަހަރު ކުނިއުކާލުން.

4-      ކޯޓުގެ ޢިމާރާތްތަކުގެ ފުރާޅާއި ދިޔަދޮވި މަދުވެގެން މަހަކު އެއްފަހަރު ސާފުކުރުން.

5-      ކޯޓުގެ ގޯތިތެރޭގައި ގަސްހައްދައި، ސާފުކޮށް ބެލެހެއްޓުމާއި، ގަސްތައްކޮށާ ކުނިއުކާލުމާއި، ގަސްތަކަށް ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ފެންދީ ބެލެހެއްޓުން.

6-      ކޯޓުގެ ޢިމާރާތުގައިވާ ފަރުނީޗަރުތަކާއި ހިފާގެންގުޅޭ ތަކެއްޗާއި، ދޮރާއި ދޮރުފަތްތަކާއި ފެންލައިޓްތަކާއި، ފާރުތަކާއި ސީލިންގްތަކާއި ފަންކާތަކާއި، އެއަރކޮންޑިޝަން ފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން.

7-      ކޯޓުގެ މުވައްޒަފުން ބޭނުންކުރާ ދެ ފާޚާނާ ދުވާލަކު އެއްފަހަރު ދޮވެ ސާފުކުރުމާއި، ކޯޓުގެ ޢާންމު ފާޚާނާ ދެދުވަހުން އެއްދުވަހު ދޮވެ ސާފުކުރުން.    

8-      ކޯޓު ގޯތިތެރޭގައިވާ ފެންވަޅު ހަޑިވުމުން ނުވަތަ އަހަރަކު އެއްފަހަރު ދިޔަހިއްކާ ސާފުކުރުން.

9-  ކޯޓުން މާލެ ނުވަތަ އެހެން ރަށަކަށް ފޮނުވާތަކެތި، ބަނދަރަށް ގެންގޮސް ދޯންޏަށް ނުވަތަ ލޯންޗަށް އެރުވުމާއި، މާލެއިން ނުވަތަ އެހެން ރަށަކުން ކޯޓަށް ފޮނުވާތަކެތި، ދޯނިން ނުވަތަ ލޯންޗުން ނަގައިގެން ކޯޓަށް ގެނައުން.

10-  ކޯޓުގައި އުފެދޭ ކުނީގެ ތެރެއިން އުކާލަންޖެހޭ ތަކެއްޗާއި އަންދަންޖެހޭ ތަކެތި ރައްކާތެރިކަމާއެކު އުކާލުމާއި އެންދުން.

11-  ކޯޓުގެ ސައިކޮޓަރީގެ ތަކެއްޗާއި ސައިކޮޓަރި ސާފުކޮށް ބެލެހެއްޓުން.

12-  ކޯޓުގެ ބޭރު ލައިޓުތައް ހަވީރު ދިއްލުމާއި ހެނދުނު ނިއްވުން.

13-  ކޯޓުގެ ތަންތަނާއި ތަކެތީގެ ކުދިކުދި މަރާމާތުތައް ކުރުން.

14-  ކޯޓުގައި ހުންނަ ޝަރުޢީ ދާއިރާގެ ދިދައާއި ޤައުމީ ދިދަ އާބާތުރަ ފިލުވައި ބެލެހެއްޓުން.

15-  ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވާ ލިޔެކިޔުންތައް އެފަރާތްތަކަށް ރައްދުކުރުން.

16-  ކޯޓަށް ގަންނަންޖެހޭ ތަކެތި ގަނެދިނުމުގެ މަސައްކަތް ކުރުން.

17-  ހައުސްކީޕަރުގެ މަޤާމަށްވުރެ މަތީ މަޤާމުތަކުގެ ކޯޓުގެ މުވައްޒަފުން ހަވާލުކުރާ ކޯޓާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.

 

ހުށަހަޅަންޖެހޭ ތަކެތި

 

1-      ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ.

3-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ.

4-      ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ.

5-      ލިޔަންކިޔަން ދަންނަކަން އަންގައިދޭ ރަސްމީ ލިޔުން.

6-      ތައުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ.

7-      އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، އަދި މަޤާމުގައި ވީ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

8-      ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ.

 

ސުންގަޑި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުން ދޫކުރާ "ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ތަކެތި ކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ތަކެއްޗާ އެކު، 2022 ސެޕްޓެމްބަރ 15 ވަނަ ދުވަހުގެ 13:30 ގެ ކުރިން ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

 ހައުސްކީޕަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، ކުރެވޭ އިންޓަރވިއު އަށް ބަލައިގެންނެވެ. އެގޮތުން؛

ލިބިފައިވާ ތަޢުލީމަށް: 20 އިންސައްތަ

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް: 20 އިންސައްތަ

މަސައްކަތަށް ބޭނުންވާ ހުނަރަށް: 10 އިންސައްތަ

އިންޓަވިއު އަށް: 50 އިންސައްތަ

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

 1-     ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.

2-      ކޯޓުގެ ތަންތަނާއި ތަކެތީގެ ކުދިކުދި މަރާމާތުތައް ކުރެވޭ ފަދަ ހުނަރު ލިބިފައިވާ ފަރާތަކަށްވުން.

3-      ކޮންމެ ވަގުތެއްގައި މަސައްކަތަށް ނިކުންނަން ޖެހުނު ކަމުގައިވީނަމަވެސް ވަޒީފާއަށް ނުކުމެވޭނެ ފަރާތަކަށްވުން.

4-      އެހެން އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތެއް ނަމަ އެފަރާތުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ އަޚްލާޤު ރަނގަޅު ފަރާތަކަށްވުން.

 

އިތުރު މަޢުލޫމާތު

 މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ "ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު" ލިބެން ހުންނާނީ ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުންނެވެ.

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 6580455 ފޯނަށެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
07 ސެޕްޓެންބަރު 2022
ހޯދާ