ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
"ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2022 (ފުރަތަމަ އިޞްލާޙު)" އަދި "ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2021 (ފުރަތަމަ އިޞްލާޙު)" ޢާންމުކުރުން

"ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2022" ގެ 8.2 ވަނަ މާއްދާ އަދި "ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2021" ގެ 8.2 ވަނަ މާއްދާ (ވަގުތީގޮތުން އިދާރާތައް ހިންގުމުގެ ޒިންމާ ހަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުން) އިޞްލާޙުކޮށް، މި ސަރކިއުލަރއާއެކު "ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2022 (ފުރަތަމަ އިޞްލާޙު)" އާއި، "ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލު 2021 (ފުރަތަމަ އިޞްލާޙު)" ޢާންމުކުރީމެވެ. އަދި، މި އުޞޫލުތަކަށް 2022 ސެޕްޓެންބަރު 6 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރާގޮތަށް ހަމަޖައްސާފައިވާ ކަމުގައި ވެސް ދަންނަވަމެވެ.

ވުމާއެކު، ސިވިލް ސަރވިސްގެ އިދާރާތައް ހިންގުމުގެ ޒިންމާ ވަގުތީގޮތުން ޙަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމުގެ މަސައްކަތް މި އުޞޫލުތަކުގައިވާ ގޮތުގެ މަތިން ކުރިޔަށްގެންދިއުމަށް ދަންނަވަމެވެ.

06 ސެޕްޓެންބަރު 2022
ހޯދާ