ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ކުނަހަންދޫ ކައުންސިލްގައި ކެމެރާ ސިސްޓަމް ހަރުކޮއްދޭނެ ފަރާތެއް ހޯދުން

 

ކޯޓޭޝަން ހޯދުމުގެ ދަޢުވަތު

ލ.ކުނަހަންދޫ ކައުންސިލްގައި ކެމެރާ ސިސްޓަމް ހަރުކޮއްދޭނެ ފަރާތެއް ހޯދުން

ލ.ކުނަހަންދޫގެ ކައުންސިލް އިދާރާގެ ވަށައިގެން ސެކިއުރިޓީ ކެމެރާ ހަރު ކޮއްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 މިމަސައްކަތަށް ކޯޓޭޝަން ހުށައަޅަން އެދޭ ފަރާތްތަކުން، 11 ސެޕްޓެމްބަރު 2022 ވާ އާދިއްތަ ދުވަހުގެ 13:30އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ ކޯޓޭޝަން ހުށައަޅައި ދެއްވުން އެދެމެވެ.

 

 ކޯޓޭޝަނާއި ގުޅޭ މައުލޫމާތު

 

  1. މި މަސައްކަތަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
  2. ކޮންމެ ވިޔަފާރިއަކަށް ހުށައެޅޭނީ 1 ކޯޓޭޝަނެވެ.

 މި މސައްކަތަށް ބޭނުންވާ ކެމެރާ ސިމްޓަމް ( 1 ރިސީވަރ، 8 ކެމެރާ އަދި ނެޓްވާރކް ކޭބަލް) ކައުންސިލުން ފޯރުކޮށް ދެވޭނެއެވެ.

  1. ކެމެރާ ސިސްޓަމް ފިޔަވާއި މަސައްކަތަށް ބެނުންވާ ހުރިހާ ތަކެއްޗެއް ހޯދުމަކީ މަސައްކަތް ކުރާފަރާތުގެ ޒިންމާއެކެވެ.
  2. ކެމެރާތަކަށް ގުޅާލެވޭ ނެޓްވާރކް ކޭބަލް އަޅާނީ ސީލިންގ މަތިންނެވެ. އަދި ނެޓްވާރކް އެޅުމަށް ފުޅާޅުން  ނެގޭޓިނު ރަގަނޅަން ޖހަރުކުރަންވާނެއެވެ. އަދި މަސްކަތް ކުރުމުގައި ފަރުވާކުޑަވުމުގެ ސަބަބުން ފުރާޅަށް ނުވަތަ ސީލިންގަށް ލިބޭ ގެއްލުން ރަގަނޅު ކުރުމަކީ މަސައްކަތް ކުރާފަރާތުގެ ޒިންމާއެކެވެ.
  3. ކެމެރާތަކާއި ރިސީވަރު ހަރުކުރާނީ ދެވިފައިވާ ކުރެހުމުގައިވާ ތަންތަނުގައެވެ. ރިސީވަރު ކައުންސިލްގެ ޓީވީ އާއި ގުޅާލަދޭން ވާނެއެވެ.
  4. ކޯޓޭޝަން ކާމިޔާބު ކުރާފަރާތުން މަސައްކަތް ކުރަންފަށާނީ ކައުންސިލާއިއެކުވެވޭ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުގައެވެ.
  5. މަސައްކަތް ކުރަންވާނީ މިމަސައްކަތަށް މަސައްކަތް ކުރުވާ ފަރާތުން، މަސައްކަތް މޮނީޓަރކޮށް ބަލަހެއްޓުމަށް  ހަމަޖައްސާ ފަރާތާއި މަސްވަރާކޮށްގެންނެވެ.
  6. މަސައްކަތް ކުރަމުންދާއިރު، މަސައްކަތް ކުރުވާ ފަރާތުން އެދޭ ކުދި ކުދި ބަދަލްތައް މަސައްކަތަށް ގެންނަށް ޖެހިއްޖެ ހާލަތެއްގައި އިތުރު އަގަކާއި ނުލާއި އެބަލުތައް ގެނެސްދޭންވާނެއެވެ. އަދި މަސައްކަތަށް ގެނެވޭ ބަދަލުތަކަކީ މަސައްކަތް ކުރާ ފަރާތުން ހުށައެޅި އަގާއި މުއްދަތަށް އަސަރުކުރާ ފަދަ ބަދަލަކަށް ވެގެން ނުވާނެއެވެ.
  7. މަސައްކަތް ކުރަމުން ދާއިރު އެޅޭ ކުނި ސާފްކުރަން ވާނީ މަސައްކަތާއި ހަވާލުވި ފަރާތަކުންނެވެ.
  8. މަސައްކަތް ކުރާ ފަރާތުން މަސައްކަތް ނިމުމުން، މަސައްކަތް ނިންމި ކަމުގެ ލިޔުން ހޯދުމަށް ހުށަހަޅަންވާނެއެވެ.
  9. މި މސައްކަކަތުގެ އަގު އަދާކުރެވޭނީ މިސައްކަތާއި ގުޅިގެން އެކުލަވާލެވޭ އެއްބަސްވުމުގައިވާ ހުރިހާ މަސައްކަތެއްކޮށް ނިމުމުން ކައުންސިލުން ދޫކުރާ މަސައްކަތް ނިންމިކަމުގެ ލިޔުމާއެކު ބިލު ހުށައެޅުމުންނެވެ.

 

ހުށައަޅަން ޖެހޭ ތަކެތި

  1. ކޯޓޭޝަން
  2. ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
  3. ކޯޓޭޝަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާމަނަ، އެކަން އަންގައިދޭ ލިޔުން.

 

           އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ ހެނދުނު 8:00ން މެންދުރުފަހު 14:00އާއި ދެމެދު ކައުންސިލްގެ ނަމްބަރު 9995970އަށެވެ.

07 ސެޕްޓެންބަރު 2022
ހޯދާ