މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

 

 (IUL)MMPRC-PRO/1/2022/63 :ނަންބަރ                                                                                                          

އިޢުލާން

މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ޕްރޮމޯޝަނަލް ބޭނުންތަކަށް އައްޑޫ އަދި ފުވައްމުލަކުގެ ވީޑިއޯ ކްލިޕްތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 07 ޖުލައި 2022 ގައި ކުރެވުނު އިޢުލާނަށް (ނަންބަރ:  MMPRC-PRO/1/2022/55(IUL)) ޝަރުތު ހަމަވެފައިވާ ފަރާތެއް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 13 ސެޕްޓެމްބަރު 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު  10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނޭރިއާ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުން އެދެމެވެ. އަދި 20 ސެޕްޓެމްބަރު 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނޭރިއާ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

           10 ޞަފަރް 1444

           06 ސެޕްޓެމްބަރު 2022               

06 ސެޕްޓެންބަރު 2022
ހޯދާ