މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސްތަކުގެ ކުރިމަތީގައިވާ ހުސްބިންތަކަށް ކުއްޔަށްދިނުން

އިޢުލާން

 

ޤާނޫނު ނަންބަރު 7/2010 ގެ 148 ވަނަ މާއްދާގެ (ވ) އާއި، އެ ޤާނޫނޫގެ ދަށުން ބާރުލިބިގެން މާލެ އަތޮޅު ތުލުސްދޫ ކައުންސިލްއިން، ހަދާފައިވާ ގަވާއިދު ނަންބަރު 2020/R-65 ( ދިރިއުޅުމުގެ ބޭނުމަށްނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވައިދު) ގެ 8 ވަނަ މާއްދާގެ ދަށުންނާއި، ޤަވާއިދު ނަންބަރު 2013/R-1087 ރަށުގެ އަތިރިމައްޗާއި،ހުސްބިންތަކުގައި "ގާޑިޔާ ނުވަތަ ގޮނޑި އާއި މޭޒް" ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީނެގުމާއި ގުޅޭ ޤަވާޢިދު ދަށުން ބާރުލިބިގެން އެކުލަވާލެވިފައިވާ ރަށުގެ އަތިރިމައްޗާއި، ހުސްބިންތަކުގައި "ގާދިޔާ ނުވަތަ ގޮނޑި އާއި މޭޒް " ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުޞޫލުގެ 4 ވަނަ ނުކުތާގައިވާ، "ބިން ބޭނުން ކުރުން" ގެ (ހ) ގެ ދަށުން، "ބިން ބޭނުން ކުރެވޭނީ ބިމަށް އެދި ކައުންސިލްގެ އިދާރާއަށް ރަސްމީކޮށް މިކަމަށް ކަނޑައަޅާފައިވާ ފޯމު ހުށައަޅައިގެންނެވެ. އަދި ލިޔުމުން ކައުންސިލް އިދާރާއިން ހުއްދަ ލިބިގެންނެވެ. މީގެ އިތުރުން ގެސްޓް ހައުސްއެއްގެ ކުރިމަތީގައި، ފުރަގަހުގައި ނުވަތަ ގެސްޓް ހައުސްއެއްގެ ކުރިމަތިން އޮތް މަގާއި އިންވެގެން ބަންޑާރަ ހުސް ބިމެއް އޮވެ، އެބިން ބޭނުން ކުރުމަށްޓަކައި ގެސްޓް ހައުސް ހިންގާ ފަރާތަކުން އެދިއްޖެ ހިނދެއްގައި އަންނަނިވި އުސޫލުން ގޮނޑި އާއި މޭޒު ބެހެއްޓުމަށްޓަކައި ބިން ދޫކުރެވިދާނެއެވެ"

ހެނދުނު 08:30 އިން 14:00 އަށް

ފޯރމް ދޫކުރުން

ހެނދުނު 09:00 އިން 13:30 އަށް

ފޯރމް ބަލައިގަތުން

އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ޤަވާއިދުގެ ދަށުން، މިރަށުގައި ހިންގަމުން އަންނަ ގެސްޓްހައުސްތަކުގެ ކުރިމަތީގައިވާ ހުސްބިންތަކަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން 2022 ސެޕްޓެމްބަރ 15 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް ކުރިމަތިލުމަށް ހުޅުވާލަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ތިރީގައިވާ ތާވަލްއާއި އެއްގޮތަށް ކުރިއަށްދާނެކަމުގައި ދަންނަވަމެވެ.

 

 

ވީމާ، މި އިދާރާއިން ދޫކުރާ TL-22-01، ފޯރމް "ގާޑިޔާ ނުވަތަ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ޚިދުމަތަށް ބިން ހޯދުމަށް އެދޭ ފޯމް" މެދުވެރިކޮށް އިސްވެ ބަޔާންކުރެވުނު ގެސްޓްހައުސްތަކުގެ ކުރިމަތީގައިވާ ހުސްބިންތަކަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 ސެޕްޓެންބަރު 2022
ހޯދާ