ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
މި މުއައްސަސާގެ ކަނޑު އުޅަނދުފަހަރުގައި ބޭނުންކޮށްފައިވާ އިންޖީނުތަކުގެ ތެރެއިން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ އިންޖީނުތައް ނީލަން ކިޔުން

 

 

 ނަންބަރު:

171-M(F3)/IUL/2022/008

 

.ނީލަން ކިއުން.

 

  1. މި މުއައްސަސާގެ ކަނޑުއުޅަނދުފަހަރުގައި ބޭނުންކޮށްފައިވާ އިންޖީނުތަކުގެ ތެރެއިން ބޭނުން ނުކުރެވޭވަރަށް  ހަލާކުވެފައިވާ   އިންޖީނުތައް  ނީލަމުގައި  ވިއްކާލުމަށް  ކުރެވުނު މި  މުއައްސަސާގެ ނަންބަރު  171-M(F3)/IUL/2022/006 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލަމެވެ.
  2. ނީލަމުގައި  ބައިވެރިވުމަށް ޝައުގެވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްހީރަސް ކޮށްފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަ ކުރެއްްވުމަށްފަހު މި މުއައްސަސާގެ އީ-މެއިލް [email protected]  އަށް މެއިލްކޮށް އަދި @police.gov.mv ަަ an_C1811 އަށް ކޮޕީ ފޮނުވުމުން ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
  3. ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2022 ސެޕްޓެމްބަރ 13 ވަނަ ދުވަހުގެ 10:00 އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ  2022 ސެޕްޓެމްބަރ 14 ވަނަ ދުވަހުގެ 10:00ގައި ކ.ދޫނިދޫގައި އެވެ.
  5. ނީލަން ކިއުން އޮންނާނީ  2022 ސެޕްޓެމްބަރ 15 ދުވަހުގެ 10:00 ގައި  އިސްކަންދަރު ކޮށި 1 ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.  ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ  ދަންނަވަމެވެ.
  6. ނީލަަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅާގައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ
05 ސެޕްޓެންބަރު 2022
ހޯދާ