ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2022/77
އިޢުލާން
ސްވިމިންގޓްރެކް އެޅުމާއި ބެހޭ
ހަނިމާދޫ ފަޅުތެރޭގައި އެޅުމަށް ހަމަޖެހިފައިވާ ސްވިމިންގޓްރެކް އެޅުމުގެ މަސައްކަތް މިއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ގަނެ އިންސްޓޯލްކޮށް ފަޅުތެރޭގައިއަޅާ ހަރުކޮށްދިނުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 20 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށްފަހު 2022 ސެޕްޓެމްބަރ 29 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ޞަފަރު 1444
05 ސެޕްޓެމްބަރ 2022