މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ބަދަލު ކަންތައް ހަމަޖެއްސުމާއި ގުޅޭ

(IUL)323/323/2022/22:   ނަންބަރ                                                                                                    

އިޢުލާން

                         ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށްޓަކައި  މިރަށުގެ ލޭންޑްޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ބަދަލުގެ ކަންތައް ހަމަޖެއްސުމަށްޓަކައި، މިރަށުގެ އިރުމަތީކޮޅު ކުނިކޮށީގެ ހުނޅަގުން ދެކުނުފަރާތުގައި ފާހަނގަކޮށްފައިވާ ބިމުގައި ހުރި އެކި ފަރާތްތަކުގެ ރުއްގަހުގެ ތަފްޞީލް 11 ސެޕްޓެންބަރ 2022 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                މިމައްސަލައާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ނަމަ މިއިދާރާއަށް ވަޑައިގެން ނުވަތަ 7792290 މި ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

           މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ސެޕްޓެންބަރު 2022
ހޯދާ