މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އިޢުލާން ކުރެވިފައިވާ ބީލަންތަކުގެ އެޑެންޑަމް 1- ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް

 

 (IUL)438-WMPC/438/2022/375 :އިޢުލާން ނަންބަރު

އިޢުލާން ކުރެވިފައިވާ ބީލަންތަކުގެ އެޑެންޑަމް 1- ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.ސީ.އީ.ޕީ) ދަށުން ތިރީގައި ދަންނަވާފައިވާ އިއުލާނުން ބީލަމަށް ހުޅުވާލެވުނު، ތާވަލުގައި ލިސްޓުކުރެވިފައިވާ، ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރުތައް އިމާރާތް ކުރުމުގެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ވަގުތާއި ތާރީޙް ބަދަލުވެފައިވާތީ މި ވާހަކަ ބީލަންތަކުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

(IUL)438-WMPC/438/2022/246

ލ.ދަނބިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ-2 ވަނަ ޓެންޑަރ

(IUL)438-WMPC/438/2022/247

މ.މުލައް ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ-2 ވަނަ ޓެންޑަރ

(IUL)438-WMPC/438/2022/245

ތ.ކިނބިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ-2 ވަނަ ޓެންޑަރ

(IUL)438-WMPC/438/2022/254

ލ.މާމެންދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ

ބީލަން ހުޅުވުން

ލިސްޓްގައިވާ 4 މަސައްކަތުގެ ބީލަން ހުށަހެޅުމާއި ހުޅުވުމުށް ހަމަޖެހިފައިވާ ވަޤުތާއި ތާރީޙަށް ގެނެވުނު ބަދަލު ތިރީގައިވާ ތާވަލުގައިވާނެއެވެ.

ބަދަލު ގެނެވުނު ބައި

ގެނެވުނު ބަދަލު

"ބީލަން ހުށަހަޅަންޖެހޭ ސުން ގަޑި"

12 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހު 11:00

"ބީލަން ހުޅުވާ ގަޑި"

12 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހު 11:00

ބިޑް ސެކިޔުރިޓީވެލިޑިޓީ

 މި މަސައްކަތްތަކަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހޯދާފައިވާ ބިޑް ސެކިޔުރިޓީގެ ވެލިޑިޓީ މުއްދަތު ފެށޭ ދުވަހަކީ ކުރިން ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޙް ކަމުގައިވާނަމަ، ބިޑް ސެކިޔުރިޓީ ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ.

1 ސެޕްޓެމްބަރ 2022

01 ސެޕްޓެންބަރު 2022
ހޯދާ