ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ކެމެރާ ސިސްޓަމް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިދާރާގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ބަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު، ފެލިދޫ ކައުންސިލުގެ އިދާރާއަށް ފޮނުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700720 ނުވަތަ 7710565 އަށެވެ.

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

  • ކޮންމެ އައިޓަމެއްގެ އަގު ވަކިން އެނގޭނޭހެން ހުށަހެޅުން.
  • ޖީ.އެސް.ޓީއަށް ވާ އަގު ވަކިން އެނގޭނޭހެން ޖުމުލަ އަގު ހުށަހެޅުން.
  • ތަކެތި އިންސްޓޯލްކުރުމާއި ސެޓަޕް ހެދުމުގެ އަގު ހުށަހެޅުން.
  • އަންދާސީހިސާބުގައި ޕޭމަންޓް ޓާރމް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • އަންދާސީހިސާބު ހުށަހަޅުއްވާއިރު ދެވިފައިވާ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

ހުށަހެޅޭ އަގުތައް އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފުސީލު:

  • 80 ޕޮއިންޓް އަގަށް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 10 ޕޮއިންޓް މުއްދަތަށް (އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 05 ޕޮއިންޓް ވޮރަންޓީއަށް (އެންމެ ދިގު ވޮރަންޓީ މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 05 ޕޮއިންޓް ތަޖުރިބާ (ދައުލަތުގެ މުއައްސަސާތަކަށް މިފަދަ ތަކެތި ސަޕްލައިކޮށްދިނުމަށް އެންމެ ގިނަ ޕޮއިންޓް) ސަޕޯޓިން ލިޔުންތަކަށް ބަލާފައި.

އަންދާސީހިސާބު ހުށަހެޅުން

  • އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފެލިދޫ ކައުންސިލުގެ އިދާރާގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ބެހެއްޓުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެއިތުރުން މިއިދާރާގެ ނަންބަރު 6700720 ފެކްސްއަށާއި [email protected] މެއިލަށް ފޮނުވާ އަންދާސީހިސާބުވެސް ބަލައިގަނެވޭނެވާހަކަ ދަންނަވަމެވެ.

25 ޛުލްޙިއްޖާ 1435

19 އޮކްޓޫބަރު 2014
ހޯދާ