ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ރިނބުދޫ ފުޓުބޯޅަ ދަނޑުގެ ފެންސް މަރާމާތު ކުރުމުގެ މަސައްކަތް

 

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.

ރިނބުދޫ. ދ.   

ދިވެހިރާއްޖެ.   

ނަމްބަރ: (IUL)377/377/2022/16

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

                 

މިއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ދ.ރިނބުދޫ ފުޓުބޯޅަ ދަނޑުގެ ދެކުނު ފަރާތު ފެންސް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ރަޖިސްޓްރީ ކުރުން:

          އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދ.ރިނބުދޫ ކައުންސިލުގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ 01 ސެޕްޓެމްބަރ 2022 އިން 08 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އަށެވެ.  އަދި ދ.ރިނބުދޫ ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

މައުލޫމަތު ދިނުމުގެ ބައްދަލުވުން:

            މި މަސައްކަތުގެ މައުލޫމާތު ދިނުމަށް ބާއްވާ  ބައްދަލުވުން އޮންނާނީ 05 ސެޕްޓެމްބަރ 2022 ވާ ހޯމަ  ދުވަހުގެ 13:00 ގައި، ދ.ރިނބުދޫ ކައުންސިލް އިދާރާގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުން :

            މިމަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 11 ސެޕްޓެމްބަރ  2022  ވާ އާދިއްތަ ދުވަހުގެ 13:00 ގައި ދ.ރިނބުދޫ ކައުންސިލް އިދާރާގައި އަންދާސީ ހިސާބު  ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި '' ދ.ރިނބުދޫ ފުޓުބޯޅަ ދަނޑުގެ ފެންސް މަރާމާތު މަސައްކަތުގެ އަންދާސީ ހިސާބު " މިހެން ލިޔުމަށް ފަހުގައެވެ. އަދި ބަދަލުގައި މީހަކު ޙާޟިރުވާނަމަ އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައި.ޑީ.ކާޑްގެ ފޮޓޯކޮޕީއަކާއި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

 

 

 

 

 

އިތުރު މަޢުލޫމާތު ސާފުކުރުން:

            މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 08 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ  14:00 ގެ ކުރިން 6760047 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

05   ޞަފަރު      1444

01   ސެޕްޓެމްބަރ   2022

 

01 ސެޕްޓެންބަރު 2022
ހޯދާ