މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ

"އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)"ޕްރޮޖެކްޓުގެ ދަށުން ލާމުއަތޮޅުގައި ހުންނަ ޕްރޮޖެކްޓް އޮފީހަށް   ޕްރޮޖެކްޓް ކޯޑިނޭޓަރ އެއް ހޯދުމާއި ގުޅޭ

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިޔަށް ގެންދާ ”އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑް (އެންދެރި)" މަޝްރޫއު ގެ ދަށުން ލާމު އަތޮޅުގައި ޤާއިމުކޮށްފައިވާ ޕްރޮޖެކްޓް އިމްޕްލިމެންޓޭޘަން ޔުނިޓަށް ޕްރޮޖެކްޓް ކޯޑިނޭޓަރ މަގާމަށް ކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަގާމަށް ހޮވޭފަރާތް މަސައްކަތްކުރައްވާނީ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖަރގެ އިރުޝާދުގެ ދަށުން ލާމު އަތޮޅުގައި ގާއިމު ކުރެވިފައިވާ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓުގައެވެ.

 

މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީ 11 ސެޕްޓެމްބަރު ވަނަ ދުވަހުގެ 1300 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންތައްކަމުގައި ދަންނަވަމެވެ.

 

އެޕްލިކޭޝަން ޓައިޓަލް: ”އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)"މަޝްރޫޢަށް ޕްރޮޖެކްޓް ކޯޑިނޭޓަރ އެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018300

ވެބްސައިޓް: www.environment.gov.mv

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށް ލިބިގެންވެއެވެ.

 

ތާރީހު: 1 ސެޕްޓެމްބަރ 2022

 

01 ސެޕްޓެންބަރު 2022
ހޯދާ