މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރު އިމާރާތް ކުރުމުގެ ބީލަންތަކާއި ބެހޭ މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް ބައްދަލުވުމާއި ބެހޭ

ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރު އިމާރާތް ކުރުމުގެ ބީލަންތަކާއި ބެހޭ މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް ބައްދަލުވުމާއި ބެހޭ:

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް. ސީ. އީ. ޕީ) ދަށުން ބީލަމަށް ހުޅުވާލެވުނު، ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރުތައް އިމާރާތް ކުރުމުގެ މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ގޮތުން ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ވޯލޑް ބޭންކްގެ އެހީގެ ދަށުން ބީލަމަށް ހުޅުވާލެވޭ މަޝްރޫއުތަކުގެ ބިޑިން ޑޮކިޔުމަންޓް ތައްޔާރުކުރެވިފައިވަނީ ވޯލްޑް ބޭންކްގެ ޕްރޮކިޔުމަންޓް ގައިޑްލައިން ތަކާއި އެއްގޮތަށެވެ. އެހެންކަމުން މި ޕްރީބިޑް މީޓިންގ ގެ މަޤްސަދަކީ މި ދެންނެވި ބީލަންފޮތުގައިވާ ގައިޑްލައިންތަކަށް ބީލަންވެރިން އަހުލުވެރިކުރުވުމެވެ.

ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 4 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީގެ   ނޭޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން އެންޑް ޓެކްނޯލޮޖީ ބިލްޑިނގައެވެ. އަދި މި ބައްދަލުވުމުގައި ތިރީގައިވާ ޓީމްސް ލިންކް މެދުވެރިކޮށް ވަރޗުއަލްކޮށްވެސް ބައިވެރިވެވޭނެއެވެ.

https://tinyurl.com/WRMC-pre-bid-conference

ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ އެޑްރެސް:

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

އެން، ސީ، އައި، ޓީ ބިލްޑިނގް

ކަލާފާނު ހިނގުން، ހެންވޭރު، މާލެ، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ނަންބަރު: 3018451

01 ސެޕްޓެމްބަރ 2022

01 ސެޕްޓެންބަރު 2022
ހޯދާ