ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

މި ކޯޕަރޭޝަނުން މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 11 ފަންގިފިލާގެ ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ އިމާރާތުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީގެ ޙިދުމަތް، މި އިޢުލާނާއެކު ހިމަނައިފައިވާ ޓާމްސް އޮފް ރެފަރެންސްއާއި އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ޙިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، މި ކޯޕަރޭޝަންގެ މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

      

ދުވަސް

ތާރީޚް

ވަގުތު

މަޢުލޫމާތު ސާފުރުން

އާދީއްތަ

11 ސެޕްޓެންބަރު 2022

14:00

އަންދާސީހިސާބު ހުށަހެޅުން

ބުރާސްފަތި

15 ސެޕްޓެންބަރު 2022

14:00

 

މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587  އަށް ގުޅުއްވުން އެދެމެވެ.

 

31 އޮގަސްޓު 2022

31 އޮގަސްޓް 2022
ހޯދާ