އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ކޯޓުގެ އިންވެގެން އޮތް ހުސްބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ:

 ރަސްދޫގައި ހައުސިންގ ޔުނިޓްތަކެއް އެޅުމަށްޓަކައި ރަސްދޫ ކޯޓު އިންވެގެން އޮތް ހުސްބިން ހަމަޖައްސާފައިވާތީ އެ ސަރަޙައްދުގައި ހުރި ޢާއްމު ފަރާތްތަކުގެ ރުއްގަސް ބަދަލުދީ ނަގަން ބޭނުންވާތީ އެއްވެސް ޢާއްމު ފަރާތެއްގެ ރުކެއް ނުވަތަ ގަހެއް ހުރިނަމަ އެ ރުކެއްގެ ނުވަތަ ގަހެއްގެ ތިރީގައި މިދަންނަވާ ތަފްސީލްތައް 2022 ސެޕްޓެންބަރު 13 ވަނަ ދުވަހުގެ 14:00ގެ ކުރިން މި  ކައުންސިލަށް ލިޔުމަކުން އަންގަވައިދެއްވުން އެދި ދެންނެވީމެވެ.

  1. ފޯދިފައިވާ ރުކުގެ ޢަދަދު:
  2. ނުފޯދޭ ރުކުގެ ޢަދަދު:  
  3. ގަހުގެ ޢަދަދު ބާވަތް ވަކިން:
  4. ގާތްގަނޑަކަށް ސަރަޙައްދުގައި ރުށް/ގަސް ހުރި ހިސާބެއް:
  5. ރުއް/ގަސް އެއީ އެ ފަރާތުގެ ރުކެއް/ގަހެއްކަން ދަންނާނެ ހެކިންގެ

     - ނަމާއި އެޑްރެސް  - އައި.ޑީ.ކާޑު ނަންބަރު – ފޯނުނަންބަރު – ދިރިއުޅޭ އެޑްރެސް:

އަދި ދަންނަވަމެވެ. މި އިޢުލާނުގެ މުއްދަތު ހަމަވުމުން ދެންނެވިފައިވާ ސަރަޙައްދުގައި ހުރި ރުއްގަހާއިމެދު އެއްވެސް ފަރާތަކުން ވަކިއެއްޗެއް ނާންގާ ހުރި ރުއްގަހަކީ ރައްޔިތުންގެ ރުއްގަސްކަން ކަނޑައަޅާ އެފަދަ ރުއްގަހާއި މެދު މި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ޢަމަލުކުރަމުން ދާނެވާހަކަ ވެސް މަޢުލޫމާތައްޓަކައި މި ފުރުޞަތުގައި ދަންނަވަމެވެ.

31 އޮގަސްޓް 2022
ހޯދާ