މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު ވޭވަށު ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

މުލަކަތޮޅު ވޭވަށު ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައި ވާގޮތުގެމަތިން މުލަކަތޮޅު ވޭވަށު ބިމާއި ފަޅު ހިމެނޭގޮތަށް ވޭވަށު ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކުގައިވާ ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު 08 ސެޕްޓެމްބަރ 2022 ވާބުރާސްފަތި ދުވަހުގެ މެންދުރު 13:30 މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ބީލަމަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާ ކޮންމެ ފަރާތަކުން ވެސް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/300 (ތިން ސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭ ކޮންމެ ފަރާތަކަށް ވެސް ރެޖިސްޓްރީކުރެވިފައި ވާކަން އަންގައިދޭ ލިޔުމެއް ދޫކުރެވޭނެއެވެ.

މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅާނީ 15 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށެވެ. ބީލަންތައް ހުޅުވުން އޮންނާނީ 15 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހު ދުވަހުގެ 13:00ގައި ބީލަން ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މި ބީލަމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުން ސާފުވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ އީމެއިލް [email protected] މެއިލް ކުރެއްވުން އެދެމެވެ.

31 އޮގަސްޓް 2022
ހޯދާ