ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިމަރަފުށީ ކައުންސިލްއަށް މަގު ބައްތި އަމިއްލަތަކެތީގައި ހޮޅިދަނޑި ހަދައި، ހަރުކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު: (IUL)391-EM/391/2022/39

އިޢުލާނު

 

ކޮޅުމަޑުލު ކައުންސިލުގެ އިދާރާއަށް ބޭނުންވާ  30 މަގުބައްތި އަމިއްލަތަކެތީގައި ހޮޅިދަނޑި ހަދައި، ހަރުކޮށްދޭނެ ފަރާތެއް ހޯދުން.

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާއިންދޭ މަޢުލޫމާތާއި، ކުރެހުންތަކާއި، އަދި ސްޕެސިފިކޭޝަންތަކާއި އެއްގޮތައް މި އިދާރާއަށް ބޭނުންވާ 30 މަގުބައްތި ހަރުކުރުމަށް ބޭނުންވާ ހޮޅިދަނޑި އަމިއްލަ ތަކެތީގައި ހަދައި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު  މި އިދާރާގެ ނަންބަރު (IUL)391-EM/391/2022/22 އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ކަނޑައެޅިފައިވާ ބަޖެޓްއަށްވުރެން ބޮޑުވެފައިވާތީވެ، އަންދާސީ ހިސާބުތައް ބާތިލުކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 05 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ  11:00 އަށް  މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 12 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަމާއި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

30 އޮގަސްޓް 2022

30 އޮގަސްޓް 2022
ހޯދާ