ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ހެދޭ މަގުތަކުގައި ހުރި ކަނދުބުޑު ނުލާ ކުދިރުއް ތަކާއި ގުޅޭ

މިކައުންސިލްގެ 27ވަނަ ޢާއްމު ޖަލްސާއިން ނިންމާފައިވާގޮތަށް މިރަށުގައި ޤާއިމު ކުރަމުންގެންދާ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން ހޮޅިލައިން ވަޅުލުމަށް ހަމަޖެހިފައިވާ އަލަށް ހެދޭ މަގުތަކުގައި  އަމިއްލަ ފަރާތްތަކުން އިންދާފައިހުރި ކަނދުބުޑުނުލާ ކުދިރުއްތަށް ނަންގަވައިދެއްވުމަށް އެދި ދަންނަވަމެވެ. ހޮޅިލައިން ވަޅުލުމަށްޓަކައި އަލަށްހަދާ މަގުތަކަކީ، ތޫނިސް އިރުދެކުނުން އޮންނަ މަގާއި، ބޮޑުމައުކޮޅު ބީޗްސައިންގ ގެ އިރުއުތުރުން އޮންނަ މަގާއި، ވައިލެޓް ހައުސްގެ އުތުރުން އޮންނަ ރޯޝަނީ މަގާއި، ފްރެންޒީ އާއި މުއީން  އާޒާދުގެ އުތުރުން އޮންނަ ހަވީރީ ހިނގުމާއި، ނީލްވިލާއާއި ޒޫނާ މަންޒިލްގެ އުތުރުން އޮންނަ ކުޑަދޯނިމަގާއި، މިންވަރާއި މިލާފަރުގެ އުތުރުން އޮންނަ ބޮޑުތަކުރުފާނު ހިނގުމާއި، މުނައްވަރު މިސްކިތާއި ޕޮލިސް ސްޓޭޝަންގެ އުތުރުން އޮންނަ ރޯޝަނީމަގާއި ހަމައަށެވެ.

                     ވީމާ، މިސަރަޙައްދުތަކުގައި އަމިއްލަ ފަރާތްތަކުން އިންދާފައިހުރި ކަނދުބުޑުނުލާ ކުދިރުއްތަށް މިއަދުން ފެށިގެން 7ދުވަސް ތެރޭގައި ނެންގެވުމަށް އެދި ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ނުނަންގަވާހުރި ހުރިހާ ކަނަބުޑު ނުލާހުރި ރުއްތައް ނައްތާލެވޭނޭ ވާހަކަވެސް ދަންނަވަމެވެ.

                    ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

31 އޮގަސްޓް 2022
ހޯދާ