މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
vehicle

މަސައްކަތް

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ

 

 

 (IUL)25-A4/25/2022/29:  ނަންބަރު 

 

ވެހިކަލެއް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުން


 

 އަންދާސީ ހިސާބު ބޭނުންވެއްޖެ

 

      މި މިނިސްޓްރީއަށް ވެހިކަލެއް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެންކުރެވުނު އިޢުލާން ނަމްބަރ: (IUL)25-A4/25/2022/27 (24 ޖުލައި 2022) އާގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށްފެންނާތީ، ވެހިކަލް ސަޕްލައިކޮށްދެއްވާނެ ފަރާތެއްހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، ވެހިކަލް ސަޕްލައި ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 13:30 އަށް މިމިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 11 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީގެ މެއިން ރިސެޕްޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

 

މި އިޢުލާނާއެކު މަޢުލޫމާތު ކަރުދާސް އަދި ބިޑް އިވެލުއޭޝަން ފޯމް ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ ނަމްބަރ: 3323400 ފޯނާ ގުޅުއްވުން އެދެމެވެ.

 


31 އޮގަސްޓް 2022

31 އޮގަސްޓް 2022
ހޯދާ