ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރު މުއްދަތަށް ދޫކުރެވިފައިވާ ދަނޑު ބިންތަކާއި ގުޅޭ

ދ.މީދޫއިން ކުރުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިންތަކަކީ ދ.މީދޫ ކައުންސިލާއި ބިންހަވާލުވި ފަރާތާއި ވެވުނު އެއްބަސްވުމެއްގެ ދަށުން ދޫކުރެވިފައިވާ ބިންތަކެކެވެ. އަދި މި އެއްބަސްވުމުގެ 3 ވަނަ މާއްދާގެ 3.5 މި އުޞޫލުގެ ދަށުން ދޫކުރެވޭ ދަނޑުބިން އެހެންފަރާތަކަށް ދިނުން، ކުއްޔަށް ދިނުން ނުވަތަ ވިއްކާލައިފިނަމަ އެއްވެސް ބަދަލެއް ދިނުމަކާނުލައި ދަނޑުބިން ވަކިކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން އެއްބަސްވުމާއި ޚިލާފަށް އެހެންފަރާތްތަކަށް ދަނޑުބިންތައް ދެމުންދާކަން ފާހަގަކުރެވެއެވެ. އެހެންކަމުން ހުރިހާ ދަނޑުވެރިންވެސް ދ.މީދޫ ކައުންސިލާއި ވެވުނު އެއްބަސްވުމާއި އެއްގޮތުގެ މަތިން ޢަމަލުތައް ބެހެއްޓުމަށް ނަސޭޙަތްތެރިވަމެވެ.

31 އޮގަސްޓް 2022
ހޯދާ