މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިކަލްޗރ ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލުން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާ ގުޅިގެން މެރިކަލްޗރ ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލުން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އަމިއްލަ ފަރާތަކާ ގުޅިގެން މެރިކަލްޗަރ ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމަށް ވަނީ ރޭވިފައެވެ. މި ޖޮއިންޓް ވެންޗަރ ކުންފުނީގެ ފަރާތުން ކޮމާޝިއަލް މަލްޓިސްޕީސީޒް ހެޗަރީއެއް ހަދައި، އެތަން ދިގުމުއްދަތަކަށް ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ހެޗަރީ ހަދައި ހިންގުމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" (މެޑެޕް) ގެ ބައެކެވެ.

ޖޮއިންޓް ވެންޗަރ ކުންފުނީގެ މަޤުޞަދުތަކަކީ، މެރިކަލްޗަރ މަޝްރޫޢުތައް ހިންގައިގެން ނަފާ ހޯދުމާއި، އެހެން ކުންފުނިތަކާއި ރަށްރަށުގެ ރައްޔަތުންނާއި މެރިކަލްޗަރ ވެލިއު ޗެއިންއާ ގުޅިފައިވާ ފަރާތްތައް މެރިކަލްޗަރކުރުމުގައި ބައިވެރިވުމަށް އެހީތެރިވުމާއި، ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކުރުމާއި، ރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކުރުމަށް މަސައްކަތްކުރުމެވެ.

މަތީގައި ބަޔާންކުރެވުނު ޖޮއިންޓް ވެންޗަރ ކުންފުނި އުފެއްދުމުގައި މިނިސްޓްރީއާ ބައިވެރިވުމަށް ބޭނުންވާ އަމިއްލަ ފަރުދުންނަށާއި، ރާއްޖޭގެ ކުންފުނިތަކަށާއި، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުނިތަކަށް، ކުންފުނި އުފެއްދުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޝައުޤުވެރިކަން ފާޅުކުރުން ހުށަހަޅާނީ 06 ނޮވެންބަރު 2014 ވަނަދުވަހުގެ 15:00ގެ ކުރިން ތިރީގައިވާ ފަރާތަށެވެ.

މެޑެޕް ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

މޫންލައިޓް ހިނގުން

މާލެ، ދިވެހިރާއްޖެ

ޝައުޤުވެރިކަން ފާޅުކުރާނޭ ގޮތުގެ ތަފުސީލާއި ކަމާބެހޭ އިތުރު ތަފުސީލު ޕީ.އައި.ޔޫ އިން ލިބެން ހުންނާނެއެވެ. ކޮލިފައިވެ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އަމިއްލަ ފަރާތަކާ ގުޅިގެން މެރިކަލްޗަރ ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރ 3322242 އަށް ގުޅުއްވުން އެދެމެވެ.

23 އޮކްޓޫބަރު 2014
ހޯދާ