ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރ

                               އިޢުލާން

 

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ފެކަލްޓީ އޮފް ހެލްތް ސައެންސަސް  

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީގައި ހިންގާ ބެޗްލާރސް އޮފް ފިޒިއޮތެރެޕީ ކޯހުގައި ތިރީގައި ދެންނެވިފައިވާ މާއްދާ ކިޔަވާދެއްވާނެ ޕާރޓްޓައިމް ލެކްޗަރާރ އެއް ބޭނުންވެއެވެ.

ބޭނުންވާ މާއްދާތައް:

  1.  Health, Culture and Society (PUB215)

Minimum Qualification

 Bachelor's Degree or higher in Sociology, Public Health or any related field with 2 years of field experience. 

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި

1-  ވަޒީފާއަށް އެދި ހުށައަޅާ ސިޓީ ( ކިޔަވައި ދެއްވަން ބޭނުންވާ މާއްދާ ބަޔާންކޮށް )

2-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4-  ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މައުލޫމާތު

-   ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާއި އެއްގޮތެށެވެ.  

-   މިމަޤާމްތަކަށް މީހުން ހޮވުމުގައި މާއްދާއާއި ގުޅުންހުރި ދާއިރާއަކުން ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓަށް ބެލުމާއިއެކު ކިޔަވާދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-   އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިފެކަލްޓީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން  އެދެމެވެ.  

ސުންގަޑު

 05 ސެޕްޓެމްބަރު 2022 (ހޯމަ) ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިފެކަލްޓީގެ އީމެއިލް [email protected] އަށް އެޕްލިކޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.

31 އޮގަސްޓް 2022
ހޯދާ