ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި ޕާޓިޝަންޖަހައި ސްޓޮކް ރޫމް ހަދައިދޭނެ ފަރާތެއް ހޯދުން

އަމިއްލަ ތަކެތީގައި ޕާޓިޝަންޖަހައި ސްޓޮކް ރޫމްހަދައިދޭނެ ފަރާތެއް ހޯދުން

 

ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އިދާރާގައި އަމިއްލަ ތަކެތީގައި ޕާޓިޝަންޖަހައި ސްޓޮކް ރޫމް ހަދައިދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

ވީމާ މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހަޅަންވީ ތާރީޚު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

#

ތަފުޞީލު

ތާރީޚު

ގަޑި

ތަން

1

މަޢުލޫމާތު ސާފުކުރުން

08 ސެޕްޓެންބަރު 2022

ހެނދުނު 10:00

މ. ވީނަސް، ނޫރީ ގޯޅި، 4 ވަނަ ފަންގިފިލާ

2

އަންދާސީހިސާބު ހުށަހެޅުން

15 ސެޕްޓެންބަރު 2022

ހެނދުނު 10:00

 

މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމު ހިމަނާފައިވާނެއެވެ. 

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

30 އޮގަސްޓް 2022
ހޯދާ