މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި 10 ފޫޓުން ކަންވައްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

` 

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

        އުނގޫފާރު، ދިވެހިރާއްޖެ                                      ނަމްބަރ:IUL-303-AS/2022/41

އިޢުލާން

     

އަމިއްލަ ތަކެތީގައި 10 ފޫޓުން ކަންވައްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

ސުރުހީގައި ދެންނެވިފައިވާ ގޮތައް އަމިއްލަތަކެތީގައި 10 ފޫޓުން ކަންވައްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 06 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާ އަށެވެ. ކަންވައްކުރުމުގެ މަސައްކަތްކޮއްދިނުމަށް އެދި ޕުރޮޕޯސަލް ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލް އިދާރާގައި 11 ސެޕްޓެންބަރ 2022 ވާ އާދިއްތަ  ދުވަހުގެ 13:00 ގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަދަންނަވަމެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އެބޭފުޅަކު މަޢުލޫމާތު ސާފްކުރައްވަން ވަޑައިގެންނެވީ ކޮންކުންފުންޏެއް ތަމްސީލްކުރައްވަންކަން އެގިވަޑައިގަންނަވާނެ ސިޓީއާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ނުވަތަ ކޮންނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ ޕުރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " 10 ފޫޓުން ކަންވައްކުރުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ އަމިއްލަތަކެތީގައި 10 ފޫޓުން ވައްކުރަންޖެހޭ ގެތަކުގެ މަޢުލޫމާތެވެ.

1-    ދޭލިޔާގެ އުތުރު ކަން

2-    ފޭރުމާގެ ދެކުނު ކަން

3-    ފެއިތުފުލް ފިހާރާގެ އުތުރުކަން

4-    ނާރެސްގޭގެ އުތުރު ކަން

5-    ދިރާގު ހަޓްގެ ދެކުނު ކަން

6-    ފިނިއުނިމާގެ ދެކުނުކަން

10 ފޫޓުން ކަންވައްކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

1-    އަގަށް:  (ހަތްދިހަ މާކުސް)

2-    މާލީ ތަނަވަސްކަމަށް: (ދިހަމާކުސް)

3-    ތަޖުރިބާއަށް: (ދިހަމާކުސް)

4-    6 ކަންވައްކުރުމަށް މުއްދަތައް:(ދިހަމާކުސް)

30 އޮގަސްޓް 2022
ހޯދާ