ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަޑިމަގު އަވަށު "މަލިކުރުވާގެ" ގޯތީގައި ހުރި ނަންބަރު ޖަހާފައިވާ ރުއްތަކުގެ ނީލަންކިޔުން

ފުވައްމުލަކު ދަޑިމަގު އަވަށު "މަލިކުރުވާގެ" ގޯތީގައި ހުރި ނަންބަރު 1 އަދި 2 ޖަހާފައިވާ ދެ ރުކުގެ ނީލަންކިޔުން 2022 ސެޕްޓެމްބަރު 04 ވާ އާދިއްތަ ދުވަހުގެ 09:30 ގައި އެސަރަޙައްދުގައި އޮންނާނެއެވެ.

ނީލަމުން ރުއްތައް ނަންގަވާ ފަރާތުން ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު، 03 ދުވަހުގެ ތެރޭގައި ރުއްތައް ކަނޑައި ރުއްތަކުގެ ބައިތައް އެތަނުން ނަންގަވައި ސާފުކުރަން ވާނެއެވެ.

ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.

30 އޮގަސްޓް 2022
ހޯދާ