މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

  1. މިރަށުގައި ކުނިމެނޭޖް ކުރުމަށް ބޭނުންވާ 1.5 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރ (IUL)322-M/322/2022/42 (22 މޭ 2022) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަނަދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތާބެހޭ މަޢުލޫމާތާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބީލަންފޮތުގައި ހިމެނިފައިވާނެއެވެ. ބީލަންފޮތް މިއިޢުލާނާއެކު ގެޒެޓުގައި އެޓޭޗް ކުރެވިފައި އެވަނީއެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ.
  4. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  5. ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  6. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6600007 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

03 ޞަފަރު 1444

30 އޮގަސްޓް 2022
ހޯދާ