ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރުން ހޯދުން

އިޢުލާން

 
 

ތ. ކަނޑޫދޫކައުންސިލް އިދާރާގައި ސެކިޔުރިޓީ ބެލެހެއްޓުމަށް މީހުން ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)387/387/2022/29 އިއުލާނާއި ގުޅިގެން ބައެއްކަންކަން ފުރިހަމަ ނުވާތީވެ އެއިއުލާން ބާތިލްކޮށް އަލުން އެމަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މަޤާމު

ސެކިޔުރިޓީ އޮފިސަރ   

މަގާމު ނަންބަރ

-

ބޭނުންވާ އަދަދު

2 ( ދޭއް)                   

މަޤާމުގެ ގިންތި

ކޮންޓްރެކްޓް ( 1 އަހަރު )

މަޤާމުގެ ރޭންކް

އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާފް ގްރޭޑް 1                        

ވަޒީފާ އަދާކުރަން ޖެހޭ ތަން

ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ

މުސާރަ

-/4000ރ ( ހަތަރުހާސް ރުފިޔާ )

ސާރވިސް އެލަވަންސް

-

އެހެނިހެން އެލަވަންސް

-

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލްއަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ކައުންސިލުން ކަނޑައަޅާ ތާވަލާ އެއްގޮތަށް ކައުންސިލް އިދާރާ އާއި އިދާރާގެ ގޯތިތެރޭގެ ސެކިޔުރިޓީ ބެލެހެއްޓުން

މަޤާމުގެ ޝަރުތުތައް

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަނޑުގެ ލެވެލް 1 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ ގްރޭޑް 6 ނިންމާފައިވުން
  • އުމުރުން 18 އަހަރާއި 60 އަހަރާދެމެދުގެ މީހެއް ކަމުގައިވުން
  • ދައުލަތުގެ ނުވަތަ ދައުލަތުގެ ހިއްސާ އޮންނަ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ  މީހެއްކަމުގައި ނުވުން.
  • މަޤާމުގެ ތައުލީމީ ރޮނގުތައް: ނެތް
  • މަޤާމުގެ ޕްރިފާޑް ޑިސިޕްލިންތައް: ނެތް
  • މަޤާމުގެ ކޯ ޑިސިޕްލިންތައް: ނެތް

 

  • މަޤާމުގެ މަސައްކަތު ދާއިރާތައް: ސެކިޔުރިޓީ ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯރމްސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން - http://www.csc.gov.mv/download/2249 އަދި ކަނޑޫދޫކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެ އެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަކޮޕީއެއް. ނުވަތަ އައިޑީ ކާރޑް ގެއްލިފައި ވާނަމަ ، އެ ފަރާތެއްގެއުފަންދުވަހުގެ ސެޓްފިކޭޓް ، ޕާރސްޕޯރޓް ނުވަތަ ޑްރައިވިންގް ލައިސަންސް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާއޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންއޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ،ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކޭޓްނެތް ހާލަތްތަކުގައި ، ކޯސް ފުރިހަމަ ކުރި ކަމުގެ ލިއުމުގެ ކޮޕީއާއި ،މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ދޫކޮށްފައިވާ އެމް. ކިއު. އޭއެސަސްމަންޓް ރިޕޯރޓް ގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމްދޭ ރާއްޖޭގެމަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކޭޓް ތަކުގެ ކޮޕީއާއިޓްރާނސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމުގެ ކޮޕީއާއިޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެތަޖުރިބާގެލިއުންތަކުގެކޮޕީ:

    (ހ) ސިވިލްސާރވިސްގެ ވަޒީފާއެއްގައި ، ދައުލަތުގެ މުއައްސަސާއެއްގައި ، ސަރުކާރު ހިއްސާވާކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ ، އަދިވަޒީފާގެ މުއްދަތާއި ( އަހަރާއި ، މަހާއި ދުވަސް އެނގޭގޮތަށް ) ، ވަޒީފާގެމަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަގާމް ތަކުގައި ވަޒީފާއަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުންދޫކޮށްފައިވާ ލިއުން.

    (ށ) އަމިއްލަ ކުންފުންޏެއް ނުވަތައަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ ،ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް ) ،ވަޒިފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމް ތަކުގައިވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދިމަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިއުން.

    (ނ) ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާ / ޖަމާއަތެއްގައި މަސައްކަތް ކޮށްފައި ވާނަމަ ،އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް ) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތުމަގާމް ތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިއުން. ( މި ލިއުމުގައި އަދާކޮށްފައިވާ މަގާމަކީމުސާރަ ދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައިއޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުންދޫކޮށްފައިވާ ރަސްމީ ލިއުމެއް ހުށަހަޅާން ވާނެއެވެ.)

     (ރ) އުވާލާފައިވާ ދައުލަތުގެއިދާރާއެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލައިދާރާއެއްގައި ނުވަތަ ގައުމީ ނުވަތަ ބައިނަލް އަގުވާމީ ޖަމިއްޔާ /ޖަމާއަތެއްގައި މަސައްކަތް ކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދިވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް ) ، ވަޒީފާގެމަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަގާމް ތަކުގައި ވަޒީފާއަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުންދޫކޮށްފައިވާ ލިއުން ލިބެންނެތްނަމަ ވަޒީފާ އަދާކުރިގޮތް އަންގައިދޭރިފަރެންސް ޗެކްފޯރމް.

ވަޒިފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

 

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ05ސެޕްޓެމްބަރު 2022ވާ ހޯމަ ދުވަހުގެ13:00ގެ ކުރިން ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯރމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑިހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ،އެކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯރމް ބަލައިގަނެވޭނެއެވެ.

(ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑިޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ)

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ އަދަދު 40 ފަރާތަށްވުރެ އިތުރުވާނަމަ ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތި ލައިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިންޕޮއިންޓްލިބޭ ފަރާތްތައް ޝޯރޓްލިސްޓް ކުރެވޭއެވެ.

އިންޓަރވިއު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ07ސެޕްޓެމްބަރު 2022އާއި13ސެޕްޓެމްބަރު2022އާއި ދެމެދު ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްއިދާރާގެ މީޓިންގ ރޫމް ގައި ބޭއްވޭނެއެވެ. މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މިމުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިބުމަށް ދެންނެވީމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް(A2ފޯމް)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށްޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) "އާންމުކޮށް ފެންނާނެހެންމިއިދާރާގައި އަދި އިއުލާން ބޯޑުތަކުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށްކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއްއޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށްގުޅުއްވާނީ ރަސްމީގަޑީ6780036 ނަންބަރު ފޯނަށެވެ. އަދިއީމެއިލްކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުންހޮވުމާއިއައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާއިގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ"   (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ

 

 

 

 

02 ސަފަރު 2022

29 އޮގަސްޓް 2022

 

                                    އަހުމަދު ސާމިހު

29 އޮގަސްޓް 2022
ހޯދާ