މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ މަގުތައް ތަރައްޤީ ކުރުމަށްޓަކައި ޑިޒައިން އަދި މެނޭޖްމަންޓް ކޮންސަލްޓަންސީ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދެވޭ ދަޢުވަތ

މާލޭގެ މަގުތައް ތަރައްޤީ ކުރުމަށްޓަކައި ޑިޒައިން އަދި މެނޭޖްމަންޓް ކޮންސަލްޓަންސީ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދެވޭ ދަޢުވަތު

މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ގޮތުން މި މަޝްރޫޢުގެ ޑިޒައިން އަދި މެނޭޖްމަންޓް ކޮންސަލްޓަންސީ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ މާލީ ގޮތުންނާއި ފަންނީގޮތުން ޤާބިލު ދިވެހި އަދި ބޭރުގެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމިނިސްޓްރީގެ ފަރާތުން ހުޅުވާލަމެވެ.

މަސައްކަތުގެ ތަފުސީލު ހިމަނާފައިވާ ޓަރމްސް އޮފް ރިފަރެންސްއާއި އާރު އެފް ޕީ ޑޮކިއުމަންޓް މިމިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv  އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް މީޓިންގ އެއް 5 ނޮވެންބަރު 2014 ވާ ބުދަދުވަހު 11:00 ޖަހާއިރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މީޓިންގ ރޫމްގައި އޮންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ހުށަހަޅަން ހަމަޖެހިފައިވަނީ 19 ނޮވެންބަރު 2014 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަށެވެ. ބީލަން ތައް ތައްޔާރުކުރެވިފައި ހުންނަންވާނީ ބިޑިންގ ޑޮކިއުމަންޓާ އެއްގޮތް ވާގޮތުގެ މަތިންނެވެ. އަދި ބީލަންތަކުގެ މުއްދަތަކަށް ބީލަން ހުޅުވާ ދުވަހުންފެށިގެން 90 ދުވަސް ދެވިފައި އޮންނަން ވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅުއްވާ ފަރާތުގެ ނަން ހިމަނާފައެވެ. އަދި އެޑްރެސް ކުރަންވާނީ ތިރީގައި ބަޔާން ކުރެވިފައިވާ ގޮތަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައެއް ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ފާތިމަތު ޝާނާ ފާރޫޤު

ޕްރޮޖެކްޓް ކޯޑިނޭޓަރ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، މާފަންނު

މާލެ، 20392، ދިވެހިރާއްޖެ

ފޯން: 3004301+960 ، ފެކްސް: 3004302 960+، 3004300 960+

އީމެއިލް: [email protected]

މި އިޢުލާން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ވެބްސައިޓްގައިވެސް ޝާއިޢުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

21 އޮކްޓޫބަރު 2014
ހޯދާ