މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް

މަޤާމު:

ހިއުމަން ރިސޯސަސް ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

1

މުސާރަ:

-/15,000 ރުފިޔާ

 

 

އޮފީސް:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

މުއްދަތު

  1 އަހަރު

މަޤާމުގެ ޝަރުޠު:

1. ހިއުމަން ރިސޯސަސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2.  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މީގެ އިތުރުން މި މަޤާމަށް މީހުން ހޮވުމުގައި މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުތައް ތައްޔާރު ކުރުމަށް ބޭނުންވާ ޚާއްޞަ ތަމްރީނު ކޯސް ފުރިހަމަކޮށް މި މަސައްކަތުގައި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ދިވެހި ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާ ބެހޭގޮތުން ރިސާޗް މަސައްކަތް ކުރުމަށްޓަކައި ރިސާޗް ޓީމެއްގެ އިސްމީހާގެ ރޯލް އަދާކޮށް އަދި ހޯދުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅުން.
  2. ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުތައް، ކާޑާއި ސިސްޓަމްގެ ތެރެއަށް  ފެއްތުމަށްޓަކައި ކުރަންޖެހޭ ފްރޭމް ވާރކް މަސައްކަތްކޮށް ރިޕޯޓު ތައްޔާރުކޮށް ހުށަހެޅުން، އަދި ކުރިމަގުގައި މިފަދަ މަސައްކަތް ކުރުމަށް ބޭނުން ކުރެވޭނެ ފަދަ އަތްމަތީ ފޮތެއް ހުށަހެޅުން.
  3. މުސާރަ މުރާޖާ ކުރުމުގައި ބޭނުންކުރާ ޓެކްނިކަލް މަޢުލޫމާތުތައް ނޭޝަނަލް ޕޭރިވިއު ބޯޑަށް ހިއްސާކޮށް އަދި ތައްޔާރު ކުރެވޭ އައު އޮނިގަނޑުތަކަކީ ދައުލަތުގެ އެކިއެކި މުއައްސަސާ ތަކުގެ މުސާރައިގެ އޮނިގަނޑުތަކުގެ ހަމަތަކަށާއި އެމްޕްލޮއިމަންޓް އެކްޓާއި އަދި އެހެނިހެން މުސާރައާ ގުޅުންހުރި ޤާނޫނު ތަކުގައި ބަޔާންކޮށްފައިވާ މާއްދާތަކަށް ރިއާޔަތްކޮށް އަދި މިފަދަ މާއްދާތަކަށް ފުށުނާރާނެ ފަދަ މުސާރައިގެ އޮނިގަނޑުތަކެއް ތައްޔާރު ކުރުން.
  4. މުސާރައިގެ އޮނިގަނޑުތައް ތައްޔާރު ކުރުމަށްޓަކައި ޓްރޭނިންގ މެޓީރިއަލްސް ތައްޔާރުކޮށް ތަމްރީނު ޕްރޮގުރާމު ހިންގައި މީހުން ބިނާކޮށް އަދި މުސާރައިގެ އޮނިގަނޑުތައް ތައްޔާރު ކުރުމުގައި މުވައްޒަފުން އަމަލީ ގޮތުން ބައިވެރި ކުރުވުން.
  5. މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުތައް ތައްޔާރު ކުރެވެމުންދާ ގޮތާއި ކުރެވެމުންދާ މިންވަރުގެ ސްޓޭޓަސް ރިޕޯޓް ތައްޔާރުކޮށް ކޮންމެ ހަފްތާއަކު އެއްފަހަރު ނޭޝަނަލް ޕޭރިވިއު ބޯޑަށް ހުށަހެޅުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒިފާއަށް އެދި ހުށަހަޅާ ލިޔުން
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ޓްރާސްކްރިޕްޓް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ސުންގަޑި:

29 އޮކްޓޫބަރު 2014 ( ބުދަ) ދުވަހުގެ 14:30 ގެ ކުރިން

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349335 / 3349171 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ.

21 ޛުލްޙިއްޖާ 1435

15 އޮކްޓޫބަރު 2014
ހޯދާ