އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލަށް ވެބް އެޕްލިކޭޝަން ފަޔަރވޯލްއެއް ސަޕްލައިކޮށް އަދި އިމްޕްލިމެންޓް ކޮށްދޭނެ ފަރާތެއް ހޯދުން

މިހޮސްޕިޓަލަށް ވެބް އެޕްލިކޭޝަން ފަޔަރވޯލްއެއް ސަޕްލައިކޮށް އަދި އިމްޕްލިމެންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި  މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

1. ޚިދުމަތްދޭފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވުން. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވުން.

 

2. މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރ އަދި  ފޯނު ނަމްބަރ އެގޭނެހެން 30 އޯގަސްޓު 2022 ން 10 ސެޕްޓެމްބަރު 2022 އަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.

 

3. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި “Doc 01”ގައި ބަޔާންކޮށްފައިވާނެއެވެ. މިމަސައްކަތާއިބެހޭ އެންމެހާ ލިޔެކިޔުންތައް 31 އޮގަސްޓު 2022 ގެ 14:00 ން ފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders  އިން ޑައުލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.

 

4. މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި35,000.00 ދިވެހި ރުފިޔާ (ތިރީސް ފަސް ހާސް ރުފިޔާ) ހުށަހަޅަންވާނެއެވެ.ބިޑު ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިފެން 90 ދުވަހެވެ.

 

5. މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 6 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސްތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.

 

6. ބީލަން ހުޅުވުން އޮންނާނީ 11 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހު 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާގޮތަށް ސިޓީއުރައިގައި ބަންދުކޮށްފައެވެ.

 

7. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

       ކޮޕީ: [email protected]

 

02 ޞަފަރު 1444

29 އޮގަސްޓް 2022 

29 އޮގަސްޓް 2022
ހޯދާ