މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށް މަސައްކަތު މީހަކު ބޭނުންވެއްޖެ:

މަޤާމު: މަސައްކަތު                 ބޭނުންވާ އަދަދު: 1

ރޭންކް: އެސް.އެސް 1               ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ: -/3،100 ރުފިޔާ              ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

މަޤާމުގެ ނަންބަރު: 218685           މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: އަނގޮޅިތީމު ކައުންސިލްގެ އިދާރާ

ޔުނިޓް/ ސެކްޝަން:  ކޯޕްރޭޓިވް އެފެއާޒް    މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ އަސާސީ ޝަރުޠުތައް:

1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ

2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން  ސާބިތު ކޮށްދިނުމާއެކު،  އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ  މަތީ

ރޭންކަކާ  އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ  މަޤާމެއްގައި  މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.                                  

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

1. ކޮންމެދުވަހެއްގެ ހެނދުނު 6.00 ގައި ކައުންސިލްގެ އިދާރާގެ ދިދަނަގައި، ހަވީރު 6.00 ގައި ދިދަ ތިރިކޮށް ހެދުން.

2. ކައުންސިލްގެ އިދާރާގެ  އެތެރެއާއި ބޭރު ފޮޅާސާފުކުރުމާއި، ފާޚާނާ ދޮވެ ސާފުކޮށް ބެލެހެއްޓުމާއި،  ކައުންސިލްގެ އިދާރާގެ ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމާއި،  އިންވެގެން ހުންނަ މަގުތަކުގެ ކުނިކެހުމާއި ވިނަ ނޮޅުމާއި، ކަނޑައެޅިފައި އޮންނަ އުސޫލެއްގެމަތިން ކުނި

އުކާލުމުގެ މަސައްކަތްކުރުން.                                                                

3.  ކައުންސިލްގެ އިދާރާގެ ބިއްލޫރި ލެވިފައިވާ  ދޮރުތަކާއި އެހެނިހެން ތަންތަނުގެ ބިއްލޫރި ހަފުތާއަކު އެއްފަހަރު ސާފުކުރުން.

4. ކޮންމެ ދުވަހަކުވެސް ކައުންސިލްގެ އިދާރާ އެތެރެ ކުނިކަހައި،  ދެދުވަހުން އެއްދުވަހު މޮޕްލުން.

5.  ކައުންސިލްގެ އިދާރާގެ ފަރުނީޗަރާއި މެސިނަރީތައް ދެދުވަހުން އެއްދުވަހު ފޮޅައި ސާފުކުރުން.

6. ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތައްކޮށައި، ގަސްތަކަށް ފެންދީ ބެލެހެއްޓުން.

7. ކައުންސިލުން އަންގަންޖެހޭ އެންގުންތައް އެންގުމާއި، ބަހަންޖެހޭ ތަކެތި ބެހުން.

8. ކައުންސިލްގެ އިދާރާގެ ވަޅުދިޔަހިއްކުން.

9. ހާޒިރުކުރަންޖެހޭ މީހުންނަށް އެންގުމާއި ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން.

10. މީގެ އިތުރުންވެސް، ކައުންސިލްގެ އިދާރާއިން އަންގާ މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

* އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިގެ ފައިސާދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް  ހޮވުމަށް ބެލޭނީ، ތިރީގައިވާ ބައިތަކަށް  ޕޮއިންޓް ދިނުމަށްފަހުގައެވެ. އަދި އޭގެ ތެރެއިން  އެންމެ ގިނަ ޕޮއިންޓް ލިބޭފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައެޅޭނެއެވެ..

* ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ސިވިލް ސަރވިސް ކޮމިޝަނުން 1 ފެބުރުއަރީ 2012 ގައި ނެރެ ޝާއިޢުކޮށްފައިވާ، ސަޕޯޓް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި  އުސޫލުތަކުގެ   

 ކްރައިޓީރިޔާގައިވާ (އެސް.އެސް.1 ން އެސް.އެސް 5 ށް)  ގޮތުގެ މަތީންނެވެ. އެ ގޮތްތައް، ތިރީގައި މިވަނީއެވެ.

* ލިބިފައިވާ ތަޢުލީމާއި ތަމްރީން %30

* މަސައްކަތުގެ ތަޖުރިބާ %24

* މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް %46

އެޕްލިކޭޝަން ފޮނުވަންވީ އެންމެފަހުގެ ތާރީޚު:

2014 އޮކްޓޫބަރު 26 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14.30 ގެ ކުރިން،  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ބޭނުންވާ އެހެން ލިޔުންތަކާއެކު ރ. އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށްއެދި ހުށަހަޅާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު.

( ވަޒީފާއަށްއެދޭ ފޯމް، ރ. އަނގޮޅިތީމު ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި،  ސިވިލް ސަރވިސްގެ ވެބްސައިޓް  www.csc.gov.mv ން ލިބެން ހުންނާނެއެވެ.)                                              

2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑެޓްކޮށް،  އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހައި، ސޮއިކޮށްފައިވާ ކޮޕީ)                                                                   

3. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް  ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، މަސްޖިދުލް ތައާލުފްގެ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.                                           

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން.

5.  ދިވެހި ރައްޔިތެއްކަން އަންގައިދޭ  ކާޑުގެ ސާފު ކޮޕީއެއް (މުއްދަތު ހަމަނުވާ)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

7. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.          

8. ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަމަ، ވަޒީފާ އަދާކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތު އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމް"                  

އިންޓަވިއުކުރުން:

* އިންޓަވިއު އޮންނާނީ ރ. އަނގޮޅިތީމު ކައުންސިލް އިދާރާގައެވެ.

* އިންޓަރވިއުއަށް  ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، އިންޓަރވިއު ބޭއްވުމުގެ 48 ގަޑި އިރުކުރިން މި އިދާރާއިން އަންގާނެއެވެ.

އިތުރު މަޢުލޫމާތު:

* މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 55 އަހަރު ވެފައިވާ މީހުންކަމުގައި  ވެގެން ނުވާނެއެވެ.

* ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައއެއް ނުގަނެވޭނެއެވެ.                          

* އެކްރެޑިޓްނުކޮށް ހުށަހަޅާ ސެޓްފިކެޓާއި، އަސްލާ އެއްގޮތަކަމަށް ރަސްމީފަރާތަކުން ތައްގަޑުނުޖަހާ އަދި ސޮއި ނުކޮށް ހުށަހަޅާ ލިޔުންތަކަށް މާކުހެއް ނުދެވޭނެއެވެ.                                                        

                                    21 ޛުލްޙިއްޖާ 1435                                  

15 އޮކްޓޫބަރު 2014
ހޯދާ