ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫގެ ކުރީގެ ބަނދަރުގެ އުތުރު ފަރާތުގައި (ހުޅަނގު އުތުރު ފަރާތް ހިމެނޭގޮތަށް) އަޅާފައިވާ ކަނޑުގައި ދުއްވާ އުޅަނދު ފަހަރުތައް ނެގުމާއި ގުޅޭ؛

ހޯނޑެއްދޫގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކޮށްގެން ނެގޭ ވެލިތައް ރަށުގެ ކުރީގެ ބަނދަރުގެ ތެރެއަށް އަޅާ ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީ، ކުރީގެ ބަނދަރުގެ އުތުރު އަދި ހުޅަނގު އުތުރު ފަރާތުގައި އަޅާފައިވާ ކަނޑުގައި ދުއްވާ އުޅަނދު ފަހަރުތައް ނަގާ، ވަގުތީގޮތުން އެބަނދަރުގެ ދެކުނު ފަރާތަށް ބަދަލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމަންޖެހޭތީ، މިއަދުން ފެށިގެން 5 ދުވަހުގެ ތެރޭގައި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުތައް މަތީގައި ބަޔާންކޮށްފައިވާ ކުރީގެ ބަނދަރުގެ ސަރަޙައްދުން ނަގާ އެ ބަނދަރުގެ ދެކުނު ފަރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އޮޑިވެރިންނަށް އަންގަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 އޮގަސްޓް 2022
ހޯދާ