ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގެ މަގާމަށް މީހަކުހޯދުމަށް

                                                      ނަންބަރު: GS55/IUL/2022/14

ވަޒީފާގެ ފުރުޞަތު

އިޢުލާނު

 

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-364903

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކިނބިދޫ ސްކޫލް، ތ.ކިނބިދޫ

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސަޕޯޓިންގ ކޯރ އެލަވަންސް  މަހަކު -/900 ރުފިޔާ
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސްޕެޝަލް ޑިއުޓީ އެލަވަސް: މުވައްޒަފަށް ލިބޭމުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިސްވެރިޔާ / އެޑްމިން އިންޗާޖު އެކަށައަޅާ ތާވަލެއްގެ މަތީން އޮފީސް ހުޅުވާ ލެއްޕުމާއި އޮފީސް ހުޅުވާ ލައްޕާފޮތް އަޕްޑޭޓްކުރުން
  2. ސްކޫލްގެ މަޤާމްތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޕްރިންސިޕަލު / އެޑްމިނިސްޓްރޭޓަރ އަންގަވާ ގޮތެއްގެ މަތިންކުރުން
  3. ސްކޫލަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް ފައިލްކުރުން    
  4. މެއިލުން ލިބޭ ލިޔެކިއުންތައް ތަރުތީބޮކޮށް ނަންޖައި އެލިޔުމެއް ލާންޖެހޭ ފޯލްޑަރެއްގައި ސޭވްކުރުން
  5. ޖަވާބު ދޭންޖެ ލިޔުންތައް ވީހާ އަވަހަކަށް އިސްވެރިޔާއަށް ހުށަހަޅައި ޖަވާބުދޭން ޖެހޭ ވަގުތު ފާއިތުވުމުގެ ކުރިން ޖަވާބު ދިނުމާއި އެހެން ފަރާތެއް މެދުވެރިވެގެން ޖަވާބު ދޭން ޖެހޭ ތަކެއްޗައް ޖަވާބު ދެވުނުކަން ކަށަވަރު ކުރުން.    
  6. ސިޓީ، މެސެޖް ނުވަތަ ދެންނެވުންފަދަ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި އެތަކެތީގެ ހާޑް ކޮޕީ ފައިލްކޮށް، ސޮފްޓު ކޮޕީ ސޭވްކުރަން ޖެހޭ ފޯލްޑަރުގައި ސޭވްކުރުން.
  7. ސްކޫލުގެ ރަޖިސްޓްރީ ތައް އަޕްޑޭޓްކޮށް ބެލެހެއްޓުން        
  8. މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ތަރުތީބުން އަޕް ޑޭޓް ކޮށް ބެލެހެއްޓުން  
  9. މުވައްޒަފުންގެ ވަޒީފާ ބަޔާން، ކޮންޓްރެކްޓު ޤަވާއިދުން ތައްޔާރުކޮށް ސޮއިކުރުވާ ފައިލްކޮށް އަޕްޑޭޓު ކޮށް ބެލެހެއްޓުން         
  10. މުވައްޒަފުންގެ އެޕްރެއިޒަލާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ޤަވާޢިދުން ކުރުން        
  11. ސްކޫލްގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ކޮންމެ އަހަރެއްގެ ޖެނުއަރީ 15ގެ ކުރިން އިސްވެރިޔާއަށް ހުށަހަޅާ އެޕްރޫވްކޮށް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވައި ފައިލް ކުރުން       
  12. މުއައްޒަފުންނަން އަންގަންޖެހޭ ރަސްމީ އެންގުންތައް އެންގުން އަންގާ ފޮތުގައި ލިޔެ އަންގައި ސޮއި ކުރުވުން 
  13. ސްކޫލްގެ ޤަވާޢިދުގައިވާ ގޮތުގެ މަތީން ދަރިވަރުން ސްކޫލަށް ވެއްދުމާއި ސްކޫލުން ވަކިކުރުމާ އަދި ލީވިންގް ސެޓެފިކެޓް ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާ އެންމެހާ ރެކޯޑްތައް ބެލެހެއްޓުން    
  14. ދަރިވަރުންގެ މެއިން ރަޖިސްޓްރީ (ކުލާސްތައްވަކިން) އަޕްޑޭޓްކޮށް ބެލެހެއްޓުން 
  15. އޯލެވެލް އަދި އެސް އެސް ސީ އިމްތިހާނާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އޯ.ލެވެލް ފޯކަލް ޕޮއިންޓް އަންގަވާ ގޮތެއްގެ މަތިންކުރުން
  16. ދަރިވަރުންނަށް ސްޓޭޝަނަރީ ވައުޗަރ، ޓެކްސްޓް ފޮތް ދޫކުރުމާއި އަދި މިކަމާއި ގުޅިގެން ފުރިހަމަކޮށް ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުން       
  17. ކޮންމެ މަހެއްގެ މުސާރަ ޝީޓް ކަނޑައެޅިފައިވާ ދުވަހަށް (ކޮންމެ މަހެއްގެ 20 ގެކުރިން) ތައްޔާރުކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނަޑައަޅާ ތަނަކަށް ފޮނުވުން.     
  18. މަސްނިމުމުގެ ކުރިން (މަހުގެ ފަހުދެދުވަހު) މުސާރަޔާ އެހެނިހެން ފައިސާގެ ވައުޗަރތައް ތައްޔާރުކޮށް މުވައްޒަފުންނަށް މުސާރަ ދިނުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް ނިންމައި މުސާރަ ސްލިޕްތައް މުއަޒަފުންނާހަވާލުކުރުން.     
  19. މުވައްޒަފުންގެ ތެރެއިން ކްރެޑީޓް ސްކީމް ނުވަތަ އެހެނިހެން ސްކީމްތަކުގައި ބައިވެރިވާ މުވައްޒަފުންގެ މުސާރައިން އެފައިސާ ކަނޑައި ކަނޑައެޅިފައިވާ ޢުޞޫލުތަކާއި އެއްގޮތަށް ހިސާބުހަދައި އެކަމާބެހޭ ފަރާތްތަކަށް ފޮނުވުން.         
  20. ވައުޗަރ ރަޖިސްޓްރީ ތައްޔާރުކޮށް ޤަވާޢިދުން ހިސާބުތައް ބެލެހެއްޓުން.          
  21. ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ހިސާބުތައް ނިންމައި، ތައްޔާރުކުރަންޖެހޭ ބަޖެޓާގުޅޭ އެންމެހާ ރިޕޯރޓްތައް ތައްޔާރުކުރުން   
  22. ސްކޫލްގެ އިދާރާއަށް ލިބޭ އެންމެހައި ބިލްތައް ބިލްރެޖިސްޓްރީގައި ރަޖިސްޓްރީކޮށް ބެލެހެއްޓުން.    
  23. ކޮންމެ މަހެއްގެވެސް ދައްކަވަންވާ ބިލްތަކަށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ދެއްކުނު ބިލްތަކާއި ފައިސާ ނުދެއްހުރި ބިލްތައް ފައިލްކޮށް ބެލެހެއްޓުން.       
  24. ރަޝީދުން ބަލައިގަންނަ ފައިސާގެ ރަސީދުތައް ހަދައި އެފައިސާ ބަލައިގަތުމަށްފަހު ލަސްނުކޮށް ލިބޭފައިސާގެ ދުވަހު ފޮތަށް ރެކޯޑްކުރުން އަދި އެފައިސާ ތިޖޫރީގައި ބަހައްޓަވާނަމަ ތިޖޫރީ ރިޕޯރޓްގައި ރެކޯޑް ކުރުން. ނުވަތަ ބޭންކަށް ޖަމާކުރާނަމަ އެކައުންޓްސް ބާކީ ރިޕޯރޓްގައި ރެކޯޑްކޮށް އަބަދުވެސް މިދެންނެވި ރެކޯޑްސްތައް އަޕް ޑޭޓްކޮށްފައި ބެހެއްޓުން.        
  25. ޗެކަކުން ފައިސާޙަވާލުކުރާނަމަ ނުވަތަ ލިބިގަންނަ ނަމަ އެކަން ޗެކް ރަޖިސްޓްރީއަށް އަރުވައި ހުރިހާ ތަފްޞީލުތައް އެނގޭނޭހެން އަޕްޑޭޓްކޮށް ބެލެހެއްޓުން.       
  26. ސްކޫލުގެ އަހަރީ ބަޖެޓް އެކުލަވާލުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.     
  27. ކޮންމެ މަހެއް ނިމުމުން ބޭންކަށް ސިޓީ ފޮނުވައިގެން ނުވަތަ ގުޅައިގެން ބޭންކް ސްޓޭޓްމަންޓް ހޯދައި ފައިސާގެ ހިސާބުތަކާ ދިމާވޭތޯބެލުން.   
  28. ސްކޫލުގެ ފައިސާގެ އެންމެހާ ލިޔެކިޔުން އިދާރާއިން އަންގާ އުޞޫލަކުން ސަރުކާރުގެ މުދަލާއި ފައިސާ ގެންގުޅުމުގެ ޤާނޫނު ތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.        
  29. ސްކޫލުގެ ޕީ.ޓީ.އޭ ފަންޑާއި ސްކޫލް ފަންޑްގެ ހިސާބުތައް ޤަވާޢިދުން ބެލެހެއްޓުންް.      
  30. އިދާރީ އެހެން މުވައްޒަފުން ޙާޟިރުނުވާ ދުވަސް ދުވަހު އެމުވައްޒަފުންނާއި ހަވާލުކުރެވިފައިވާ، އިދާރީ ގޮތުން ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ކުރުން
  31. ދުވަހުގެ މަސައްކަތު ތާވަލް ނޯޓާއެކު މޯރނިންގ މީޓިންއަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު ހާޒިރުވުން.          
  32. ސްކޫލްގެ ދުވަހު ޔައުމިއްޔާ ލިޔެ އިސްވެރިޔާގެ ސޮއި ކުރުވައި ފައިލް ކުރުން. 
  33. ސްކޫލުގެ ސްޓޮކު ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން؛     
  34. ސްކޫލުގެ އިންވެންޓްރީ (ހަރުމުދަލުގެ ރަޖިސްޓްރީ) ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން؛ 
  35. ސްކޫލުގައި ކުރަންހުންނަ އާންމު މަރާތާގުޅޭ އެންމެހާ މަސައްކަތްތައް އިސްވެރިޔާ / އެޑްމިނިސްޓްރޭޓަރު ހަމަޖައްސަވާ އިންތިޒާމެއްގެ މަތިން ކުރުން.       
  36. ވެރިން ހަމަޖައްސަވާ ގޮތެއްގެމަތިން ސްކޫލުން ބޭރުފަރާތްތަކަށް ސްކޫލުގެ ތަކެތި ދޫކުރުމާ އެތަކެތި އަބުރާ ހޯދުމުގެ މަސައްކަތްތައް ކުރުން. އަދި މިކަމުގެ ރެކޯޑް ބެލެހެއްޓުން.  
  37. ސްކޫލުން އިޢުލާންކޮށްގެން ކުރިޔަށްގެންދާ އަންދާސީ ހިސާބާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން 
  38. ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާ ހަވާލުވެތިބޭ ފަރާތްތަކުގެ ކަންތައްތައް މޮނިޓަކޮށް ބެލެހެއްޓުން.  
  39. އަހަރު ނިމުމުން ނީލަންކިޔަންޖެހޭ ތަކެތި ފާހަގަކޮށް ނީލަން ކިޔުމަށް ޢިޢުލާނުކޮށް އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުން ތައްޔާރުކޮށް ނީލަންކިޔުން.  
  40. މާލެއިން ގެންނަންޖެހޭ ތަކެތި ސްކޫލަށް ގެނައުމުގެ އިންތިޒާމް ހަމަޖެއްސުން.   
  41. ސްކޫލުގެ ޢިމާރާތްތަކާ ގޯތިތެރޭގެ ތަރުތީބު އަދި ސާފުތާހިރުކަން ރަގަޅު އިންތިޒާމަކުން ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަޕޯޓް ސްޓާފުން މެދުވެރިކޮށް ކުރަމުން ގެންދިއުން.   
  42. ސަޕޯޓު ސްޓާފުންގެ މަސައްކަތު ތާވަލު ރާވައި އެމީހުންގެ މަސައްކަތްތައް މޮނިޓަކޮށް ބެލެހެއްޓުން. 
  43. މުވައްޒަފުންގެ ހާޟިރީގެ ކަންކަން ބަލަހައްޓާ އަދި މުވައްޒަފުންގެ ސަލާމާއި ޗުއްޓީ ރެކޯޑްގެ އެންމެހާ ކަންކަން ސިވިލް ސާރވިސްގެ ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުމާއި އެކަމާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.         
  44. ކޮންމެ ދިރާސީ އަހަރެއްގެ ފުރަތަމަ މަހުގެ ތެރޭގައި މުވައްޒަފުންގެ ޗުއްޓީ ސެޑިއުލް ތައްޔާރުކޮށް އިސްވެރިޔާއަށް ހުށަހަޅުމާއި ސްޑިއުލް ކޮށްފައިވާ ގޮތަށް ޗުއްޓީ ޗިޓްތައްޔާރުކޮށް އެމުވައްޒަފުންނަށް ހަވާލުކޮށް ކޮޕީއެއް ޕާސަނަލް ފައިލްގައި ރައްކާކުރުން.      
  45. މުވައްޒަފުންގެ ހާޒިރީ ރިޕޯރޓް ކޮންމެ މަހެއްގެ 10 ގެ ކުރިން ތައްޔާރުކޮށް މުވައްޒަފުން ލައްވައި ސޮއިކުރުވާ އެޑްމިން އިންޗާރޖަށް ހުށަހެޅުން.    
  46. ކޮންމެ ދުވަހަކު މަދުވެގެން 3 ފަހަރު ސްކޫލުން ދީފައިވާ ޕާސަނަލް އީމެއިލް އަދި ސްކޫލުގެ ރަސްމީ ވައިބަރ ގްރޫޕްތައް ޗެކުކުރުން:          
  47. ސްކޫލުން ދަންނަވާ ބައްދަލުވުންތަކާ ޙަރަކާތްތަކުގައި ބައިވެރިވުން.    
  48. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަ ގޮތެއްގައި ހަވާލުކުރެވޭ ސްކޫލުގެ މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ކަމާގުޅޭ މުވައްޒަފުން އެދިލައްވާގޮތުގެ މަތިން އެކަންކަން ފުރިހަމަކޮށްދެއްވުމަށް އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

 

މަގާމުގެ ތަޢުލީމީ ރޮނގުތައް: 

  • އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަގާމުގެ ޕްރިފަރޑް ޑިސިޕްލިންތައް

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަގާމުގެ ކޯ ޑިސިޕްލިންތައް: ނެތް

ނޯޓް: ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ. އެފަރާތަކަށް ކްރައިޓީރިއާގައިވާ ކޯ / ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

މަޤާމަށް ކަނޑައަޅާފައިވާ ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ނަމަ ދެވޭ ޕޮއިންޓު

5

އިމްތިހާނު

20

އިންޓަރވިއު

35

 

 މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ ގެ 12:00 ގެ ކުރިން، ކިނބިދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އާއި  އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާނު އޮންނާނީ، 12 ސެޕްޓެމްބަރ  2022  އާއި 15 ސެޕްޓެމްބަރ  2022  އާ ދެމެދު، ކިނބިދޫ ސްކޫލު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780095 އަށެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

  

 

29 އޮގަސްޓް 2022
ހޯދާ