އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން އެކުލަވާލާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގެ ދަށުން، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް 2014 އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްފަހު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކެންޑިޑޭޓުންގެ ނަމާއި ކެންޑިޑޭޓު ނަންބަރު ޢާންމުކޮށް އިޢުލާންކުރަމެވެ.

 ކެންޑިޑޭޓް ނަންބަރު

ކެންޑިޑޭޓުންގެ ނަމާއި އެޑްރެސް

1

ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ.މާޅޮސް

2

އަނަސް ޢަބްދުއްސައްތާރު / މ.ބަޑިކުޅިމާގެ، ކ. މާލެ

3

ލަޠީފާ ޤާސިމް / ފިނިވާގެ، އއ.މަތިވެރި

4

މުޙައްމަދު ފައިޞަލް / ސިތާރާވާދީ، މ.މުލަކު

5

ޙުސައިން ޝަމީމް / ހ.ހިޔާކަން،  ކ. މާލެ

24 ޛުލްޙިއްޖާ 1435

18 އޮކްޓޫބަރު 2014
ހޯދާ