މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ލީޑިންގ ޓީޗަރ

ވަޒީފާގެ ފުރުސަތު

މަޤާމު: ލީޑިންގ ޓީޗަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތް ހަމަޖެހިފައިވާ ތަން: މ.އަތޮޅު ތަޢުލީމީ މަރުކަޒު، މ. މުލި  

ޓެނުއަރޝިޕް އެލަވަންސް: 1000.00 ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަޢުލޫމާތު

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަނސް

ޓްރެއިންޑް   ލީޑިންގ ޓީޗަރ

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

5610.00 ރުފިޔާ

2500.00 ރުފިޔާ

ގްރެޖުއޭޓް   ލީޑިންގ ޓީޗަރ

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

6295.00 ރުފިޔާ

2500.00 ރުފިޔާ

ކޮލިފައިޑް   ލީޑިންގ ޓީޗަރ

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

7035.00 ރުފިޔާ

2500.00 ރުފިޔާ

MS4

ޓީޗިންގ ސަރވިސް އޮފިސަރ 5

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

7875.00 ރުފިޔާ

2500.00 ރުފިޔާ

 

EX1

ޓީޗިންގ ސަރވިސް އޮފިސަރ 6

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

8835.00 ރުފިޔާ

2500.00 ރުފިޔާ

EX2

ޓީޗިންގ ސަރވިސް އޮފިސަރ 7

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

9890.00 ރުފިޔާ

2500.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ކިޔަވައިދޭންޖެހޭ މާއްދާތަކުގެ ސްކީމްތަކާއި ފިލާވަޅުތަކާއި އެ ފިލާވަޅުތަކާ ގުޅޭ ޓީޗިންގ އެއިޑްސް ތައްޔާރުކުރުމާއި، ހަވާލުކުރެވޭ ޓައިމްޓޭބަލް އާ އެއްގޮތަށް ކިޔަވައިދިނުމާއި، ހަވާލުކުރެވޭ ރިލީފް ގަޑިތައް ނެގުން.

2- ލެޝަން ޕްލޭންތަކާއި، ސްކީމް އޮފް ވާރކްއާއި، ޓެސްޓް ޕޭޕަރުތަކާއި، ދަރިވަރުންގެ ފޮތްތަކާއި، ޓެސްޓުގެ ޖަވާބު ކަރުދާސްތަކާއި، ކުލާސް ރެޖިސްޓްރީތަކާއި،  ކުލާސް ރެކޯޑުތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތަކުގެ އިރުޝާދު މުދައްރިސުންނާއި ދަރިވަރުންނަށް ދިނުން.

3- މުދައްރިސުންގެ ކިޔަވައިދިނުމުގެ ފެންވަރު އޮބްޒާވްކޮށްފައި ފީޑްބެކް ދިނުމާއި، މުދައްރިސުންގެ ޢިލްމީ ހުނަރުތައް ރަނގަޅުކުރަންޖެހޭ ދާއިރާތައް ފާހަގަކޮށް ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްކޫލްފެންވަރުގައި ޕްރޮގްރާމް ހިންގުމާއި، އަމިއްލަ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

4- ދަރިވަރުންގެ އަޚުލާޤު ރަނގަޅުކުރުމަށާއި، މުދައްރިސުންނާއި ބެލެނިވެރިންގެ އޮންނަ ގުޅުން ރަނގަޅުކުރުމަށްޓަކައި ބައްދަލުވުންތައް ބޭއްވުން.

5- ޓައިމްޓޭބަލާއި އެކްޓިވިޓީސް ކަލަންޑަރު ތައްޔާރުކޮށް އެކްޓިވިޓީސް ކަލަންޑަރުގައިވާ ހަރަކާތްތައް މުވައްޒަފުން ލައްވާ ހިންގުން.

6- ޓީޗަރުންގެ މަސައްކަތްތައް ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސާފައިވާ އުސޫލުން ސްޕަވައިޒްކޮށް، ސްޓާފް އެޕްރައިޒަލް ފޯމްތައް ފުރައި، މާކްސްދީ އަޕްޑޭޓްކުރުން.

7- ދަރިވަރުންނަށް ދެވޭ ޓެސްޓްތަކާއި އިމްތިޙާނުތައް ޓީޗަރުންލައްވާ ހިންގުވައި، ނަތީޖާ އެނަލައިޒްކޮށް، ފެންވަރު ދަށްކުދިންނަށް އިތުރު ކުލާސް ހިންގުމާއި، މޮޅުކުދިންނަށް އިތުރަށް މޮޅުވެވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުން.

8- މުދައްރިސުންނާއެކު ކޯޑިނޭޝަން މީޓިންގތައް ބޭއްވުމާއި، ސަބްޖެކްޓް ކޮމިޓީ މީޓިންގތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، ސްޓާފްމީޓިންގތަކާއި ޕޭރަންޓް މީޓިންގތައް ބޭއްވުމާއި، ސްކޫލްގެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރުން.

9- ޓީޗަރުން ކިޔަވައިދިނުމުގައި ބޭނުންކުރާ މާއްދާތަކާ ގުޅޭ މުދައްރިސުންގެ ފޮތްތަކާއި ޓީޗާސް ގައިޑްތަކާއި ސިލަބަސްތައް ޓީޗަރުންނަށް ހޯދައިދިނުމާއި، އެތަކެތި ރަނގަޅުގޮތުގައި ބޭނުންކުރާކަން ކަށަވަރުކުރުމާއި،  ސްކޫލް ގޯތިތެރެ ސާފުތާހިރު ފެހިތަނަކަށް ހެދުމަށް މަސައްކަތްކުރުން.

10- ސްކޫލްގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެގޮތުން ރާވާ އެންމެހައި ކަންތައްތަކެއްގައި އިސްވެ ހަރަކާތްތެރިވުން.

މި ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއަށާއި، މަސައްކަތުގެ ހުނަރާއި،  ފެންވަރާއި ޤާބިލުކަމުގެ ސިފަތަކަށެވެ.

އިންޓަވިއުކުރުން:

މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިޔުކުރުމަށް ފަހުގައެވެ.  ކުރިމަތިލާ ފަރާތްތަކާ އިންޓަރވިޔުކުރުން އޮންނާނީ، 2014 ނޮވެންބަރު 2 ވާ އާދިއްތަ ދުވަހު މ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ސުންގަޑި:

މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 30 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 15.00 ގެ ކުރިން، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު މ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހުށަހެޅުން އެދެމެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީގަޑީގައި 7952901 އާ ގުޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޮމު، ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ޑައުންލޯޑްކުރެވޭނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓްތައް އެކްރެޑިޓްކޮށްފައި) 

 - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

-   ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

                            22 ޛުލްޙިއްޖާ 1435   

                              

 

16 އޮކްޓޫބަރު 2014
ހޯދާ