ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތ. ދިޔަމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމަށް ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ޑޮކިއުމެންޓް އާ އެއްގޮތަށް ތަފްސީލީ ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
ތަފްސީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ) |
04 ސެޕްޓެމްބަރު 2022 (އާދިއްތަ) |
11:00 |
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު އިމާރާތް) އަދި ތ.ދިޔަމިގިލި ކައުންސިލްގެ އިދާރާ (ތ.ދިޔަމިގިލި) |
ބީލަން ހުށައެޅުން |
13 ސެޕްޓެމްބަރު 2022 (އަންގާރަ) |
11:00 |
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު އިމާރާތް) އަދި ތ.ދިޔަމިގިލި ކައުންސިލްގެ އިދާރާ (ތ.ދިޔަމިގިލި) |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3340236 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
01 ޞަފަރު 1444
28 އޯގަސްޓް 2022