ދިވެހިރާއްޖެ
މި އިޢުލާންވަނީ 28 އޮގަސްޓް 2022 12:38 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް މެދުޒިޔާރަތް ފްލެގް ޕޯސްޓްތަކަށް ދިދަ ފަހާދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން (ނަންބަރު: (IUL)222-F/INDIV/2022/60) (8 އޮގަސްޓް 2022) އަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅުއްވާފައިނުވާތީ ދެވަނަ ފަހަރަށް އިއުލާނު ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
ތަފްސީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ) |
04 ސެޕްޓެމްބަރު 2022 (އާދިއްތަ) |
10:30 |
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު އިމާރާތް) |
ބީލަން ހުށައެޅުން |
13 ސެޕްޓެމްބަރު 2022 (އަންގާރަ) |
10:30 |
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު އިމާރާތް) |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323206 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
01 ޞަފަރު 1444
28 އޯގަސްޓް 2022